އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށްފި

ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އިންހައުސް ޓްރެއިނަރސް ޕޫލް މިއަދު އިފްތިތާޙު ކުރައްވައިފިއެވެ. މި ޕޫލް އިފްތިތާޙުކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލަކީ، ކުންފުނީގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން އެހެން މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގ ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ، އެ މުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމުގެ ދަށުން ސްޓެލްކޯގެ 35 މުވައްޒަފުން ވަނީ "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި މި މުވައްޒަފުންނަށް ސްޓެލްކޯގެ ސެޓިފައިޑް ޓްރެއިނަރެއްގެ ލައިސެންސް ދޫކުރެވުނެވެ. މީގެއިތުރުން، ޓްރެއިނަރސް ޕޫލްއިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއްވެސް މިއަދު އިފްތިތާޙުކުރެވުނެވެ.

ޓްރެއިނަރސް ޕޫލްގައި މިވަގުތު ހިމެނޭ 35 މުވައްޒަފުންނަކީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ. މީގެ ތެރޭގައި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ އިތުރުން، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސް، ސެކިއުރިޓީ، މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިއަށް އޮތް ތާނގައި އިތުރު މުވައްޒަފުން ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރުމަށް ވަނީ ރޭވިފައެވެ. މިއީ ކުންފުނީގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު