އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު
ހުޅުމާލޭ ހޮސްޕިޓަލުން މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖޫން 29 އިން ފެށިގެން ޖުލައި 8 ގެ މެންދުރު 12:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ދެވިފައިވެއެވެ.
އިންޓަރންޝިޕް ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނެ ދެ ކަމެއް ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ނިންމި ފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށާއި، މެއިލް ފޮނުވާފައިވާ ތަރުތީބަށް ބެލުމަށް ވަނީ ހަމަޖެހިފައެވެ.
މި ފުރުޞަތަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ޝަރުތުތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާކަން ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މެޑިކަލް ދާއިރާއިން ތަޢުލީމު ހާސިލުކޮށްގެން އަންނަ ފަރާތްތަކުން ދާއިމީ ޚިދުމަތަށް ނުކުތުމުގެ ކުރިން އެއް އަހަރު ދުވަހުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރުމަކީ ލާޒިމު ކަމެކެވެ. މި ޕްރޮގްރާމަކީ އަލަށް ގްރެޖުއޭޓްވާ ޑޮކްޓަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ރޭވިފައިވާ މުހިންމު ޕްރޮގްރާމެކެވެ.
Advertisement
27 ޖޫން 2025