އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިންނަށް އަނިޔާވެރިވުމާ އަނިޔާކުރުމުގެ ނުބައިކަން މާބޮޑުވާ ސަބަބު!

އަނބިންނަށް އަނިޔާވެރިވުމާ އަނިޔާކުރުމުގެ ނުބައިކަން މާބޮޑުވާ ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

އަނބިންނަށް އަނިޔާވެރި ނުވަން ގިނަގިނައިން ބުނެވުނީމާ ބައެއް ފިރިހެނުންނަށް ވިސްނެނީ އެއުޅެނީ އަންހެނުންގެ ކޮޅަށް ޖެހިގެން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އެއިރުން ޖެހެވޭނީ ފިރިހެނުންގެ ކޮޅަށެވެ. ސަބަބުވެސް ބުނެލާނަމެވެ. 

އަނބިންނަކީ ފިރިމީހާގެ ބެލުމުގެ ދަށުގައި ތިބެންޖެހޭ ބައެކެވެ. އެކަނބަލުންނަށް ޙިމާޔަތާއި ރައްކައުތެރިކަން ދިނުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. އަނބިންގެ ގޮތުގައި ބައިންދާހައި ހިނދަކު އޯގާތެރިވާންޖެހެއެވެ. އަޅައިލަންޖެހެއެވެ. އެހީތެރިވާން ޖެހެއެވެ. 

މިސަބަބުތައް މިގޮތަށް ހުއްޓައި އެކަނބަލުންނަށް އަނިޔާވެރިވީމާ އަދި އަނިޔާކުރީމާ ދުރު މީހަކަށް އެފަދަ ކަމެއް ކުރުމަށްވުރެ ފާފަ ބޮޑުވެގެންދެއެވެ. އެހެންވީމާ އެކަންކަން ނުކުރަން ހަނދާންކޮށްދިނުމުން ބޮޑަށް ފައިދާކުރާނީ ފިރިހެނުންނަށެވެ. 

އަނބިންނަށް އަނިޔާވެރިވުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރެވިގެންވާ ކަމެކެވެ. އެކަމުގެ ބޮޑުކަމުން ބައެއް ޢިލްމްވެރިން ފާހަގަކުރައްވާ ގޮތުގައި އަނބިންނަށް އަނިޔާވެރިވުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ބޮޑު ފާފައެކެވެ.  

އިސްލާމް ދީނުގައި އެންމެ މަތިވެރިކަން ލިބިގެންވާ މީހަކު ކަމުގައި ވެވެން އޮތް ސަބަބުތަކުގެ ތެރޭގައި ޢާއިލާއަށް، ޚާއްޞަކޮށް އަނބިންނަށް ހެޔޮކޮށް ހިތުން ލައްވަވާފައިވާކަން ޙަދީޘްފުޅުން އެނގެން އޮތްއިރު އެކަން ނުކުރުމުން ޙައްޤުވާ ޢުޤޫބާތެއް އޮތްކަމަށްވެސް ޤަބޫލުކުރަންވާނެއެވެ. 

ދެމަފިރިންނަކީ އެންމެ ގާތް 2 ރަޙްމަތްތެރިންގެ ގޮތުގައި އުޅުމަކީ ކައިވެނި ނުވަތަ ޒަވާޖީ ޙަޔާތް ބާއްޖަވެރިވުމަށް އޮތް މަގެކެވެ. ވީމާ ދެމީހުން ވާހަކަދައްކައި އެކުވެރިވާންވީ ވަކިކަމަކަށް ބޭނުންވުމަކުން ނޫނެވެ. އަނެކާގެ ކިބައިން ކޮންމެވެސް އެދުމެއް ޙާޞީލުކުރަންވުމަކުން ނޫނެވެ. 

އަދިވެސް ބުނެލާނަމެވެ. އިންސާނުން ކަމުގައިވީތީ އެންމެން އެއްގޮތެއް ނުވާނެއެވެ. ނުބައި މީހުންނާއި ރަނގަޅު މީހުން އުޅޭބެއެވެ. ކިތަންމެ ހެޔޮކޮށް ކަންކަންކުރި ނަމަވެސް އެކަން ނުދަންނަ ބައަކުވެސް އުޅޭނެއެވެ. އެހެނަސް ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބާއްވައި ލޯބިދީގެން އުޅެން ދެމީހުންވެސް މަސައްކަތްކުރާނަމަ ތިމާއަށް ބޭނުންވާ އުފާވެރިކަން ނުލިބިގެން އުޅެންޖެހޭނީ ވަރަށް މަދު މީހަކަށެވެ. 

އިސްލާމް ދީނުގައި އަނބިންނަށް ހެޔޮވާން އޮވެފައި ނިމެނީއެއް ނޫނެވެ. ފިރިމީހާއަށް ވަފާތެރިވެ އަމާނާތްތެރިވެ ކިޔަމަންތެރިވުމަކީ އަނބިމީހާއަށް ސުވަރުގެ ވަދެވެން އޮތް އެންމެ ފަސޭހަ އެއް މަގެވެ. މިދެއްކެނީ ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންތައް ޙާޞިލުކުރެވެން އޮތްކަމުގެ ވާހަކައެވެ. އެއަށްވުރެ ބޮޑު ނިޢުމަތަކީ ކޮބައިހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް