އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ބާލިޣްވުމުން ދަރިން ލައްވައި ފަރުޟްތައް އަދާނުކުރުވޭނަމަ އެއީ ދަރިންގެ އާޚިރަތް ނަގައިލެވުން ފަދަ ބޮޑު ދެރައެއް!

ދަރިން ބާލިޣްވުމުން ދަރިން ލައްވައި ފަރުޟްތައް އަދާނުކުރުވޭނަމަ އެއީ ދަރިންގެ އާޚިރަތް ނަގައިލެވުން ފަދަ ބޮޑު ދެރައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 7 ސިކުންތު

ﷲ ތަޢާލާ ބައްލަވާވޮޑިގެންވަނީ ކުދިން ބާލިޣްވި އުމުރަކަށް ނޫނެވެ. ބާލިޣްވުމަށެވެ. ބާލިޣްވުމަށްފަހު ދީނުގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކެވެ. އެެިގެ މާނައަކީ މައިންބަފައިންގެ ޒިންމާ ކެނޑުމެއް ނޫނެވެ. ޒިންމާ ބޮޑުވުމެވެ. އެޒިންމާއަކީ ދަރިންނަށް ދީނުގެ ކަންކަން އުނގަންނައިދީ ޢަމަލުކުރަން އާދަކުރުވުމެވެ. 

ބާލިޣްވުމާއި ހަމައިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ކުޑަ ކުއްޖެއްކަން ކެނޑުނީއެވެ. ޢުމުރަކީ 12، 13، 15 ތޯ ބެއްލެވުމެއް ނެތެވެ. ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދީނުގެ ހުރިހާ ޒިންމާތަކެއްވެސް އުފުލަން ޖެހޭނެއެވެ. ބާލިޣްވުމުގެ މާނައިގައި ކުއްޖާގެ ބުއްދި ފުރިހަމަވުންވެސް ހިމެނެއެވެ. ވީމާ ބާލިޣްވުމުގެ މާނަ އެންމެ ހަނިގޮތުގައި ނުނަގާށެވެ. 

މިކަންކަން މިއަދުގެ މައިން ބަފައިންނަށް ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ޢުމުރުން 18 އަހަރު ނުވާނަމަ މައިން ބަފައިންނަށް ޤަބޫލުކުރެވެނީ ދަރިފުޅަކީ ކުޑަ ކުއްޖެއް ކަމަށެވެ. އަނެއްބައި މައިންބަފައިންނަށް ދަރިން ބޮޑެތިވި ކަމަށްވަނީ ކޮލެޖާއި ޔުނިވަރސިޓީވެސް ނިންމައި ވަޒިފާއަދާކުރަން ފެށުމުންނެވެ. 

ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އެ ޤައުމެއްގައި އެ ޤައުމެއްގެ ބައަކު އަމިއްލައަށް ހަދައިގެން އަމަލުކުރާ ޤާނޫނުގެ ކުރިމަތީގައި ކުޑަ ކުއްޖެއްގެ އުމުރު އެބައަކު ބޭނުންވާ ގޮތަކަށް ކަނޑައެޅިދާނެއެވެ. ނަމަވެސް ކީރިތި ޤްރްއާން ބަދަލެއް ނުކުރެވޭނެއެވެ. ޤިޔާމަތް ދުވަހު ޢަމަލުކުރެވޭނީ އިންސާނުން އުފައްދާ ޤާނޫނު އަސާސީއަކަށް ނޫނެވެ. ކީރިތި ޤްރްއާނަށެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ވީމާ ބަލަންވީ ޤާނޫނު އަސާސީއަކަށް ނޫނެވެ. ޤްރްއާނަށެވެ. 

މިއީ ކަން އޮތް މަގު ނަމަވެސް މިއަދު ގިނަ އަދަދެއްގެ މައިން ބަފައިންނަށް މިކަންކަން ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އޮޅިފައި އޮންނަ މިންވަރު ބޮޑުކަމުން ދަރިފުޅު ބޮޑުވެ ތަކްލީފް އުފުލަންޖެހޭއިރު އެކަމަށް ދަރިން ތައްޔާރެއް ނުކުރެއެވެ. ނަތީޖާއަކަށްވަނީ އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހު އުފުލަން ޖެހޭނެ މީހަކަށްވުމެވެ. ހަމައެކަނި ހަލާކުގެ ތެރެއަށް ތިމާ ވެއްޓިގެންދަނީއެއް ނޫނެވެ. ތިމާގެ ސަބަބުން ދަރިން ވެސް ނަރަކައަށް ވެއްޓިގެން ދަނީ އެވެ! 

ދަރިންނާއިމެދު ވިސްނައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވީ ދަރިން ގެއްލި ހަލާކުވެގެން ދިއުމުގެ ކުރިންނެވެ. ހިލޭ ފިރިހެނުންނާއިއެކު ތަންތަނަށް ދާން ފެށުމުގެ ކުރިންނެވެ. ބާލިޣްވުމުގެ ކުރިން އިސްލާމީ އަޚްލާޤް ދަސްކޮށްދެވިގެން ނޫނީ ދަރިންނަށް އާޚިރަތް ހޯދައި ނުދެވޭނެ ކަމަށް ވިސްނާށެވެ!  

ނިކަން ވިސްނައިބަލާށެވެ! ޝިރުކު ކުރުމާއި ޒިނޭ ކުރުމާއި މީހުން މެރުމާއި މިކަންކަމަކީ އެކަމެއް މުސްލިމަކު ކޮށްފިނަމަ ޤިޔާމަތް ދުވަހު އެމީހެއްގެ އަޒާބު ދެގުނައަށް ބޮޑު ކުރައްވަވާނެ ކަންކަމެވެ. ޒިނޭކުރުމުގެ ތެރޭގައި ފާހިޝް އަމަލުތައް ހިމެނިގެންދާނެއެވެ. 

ނިކަން ބުނެބަލާށެވެ! ތިބާގެ ދަރިފުޅު ބޮޑުވިއިރު މާނައަކީ ބާލިޣްވިއިރު އެކުއްޖާއަށް މިކަންކަން ދަސްކޮށްދިނިންހެއްޔެވެ؟ މިއިން ކުށެއް ކުރުމުން ލިބޭނެ އަޒާބު ބުނެދިނިންހެއްޔެވެ؟ އެކަން ކަމަށް ދަރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުވިން ހެއްޔެވެ؟ އެކަން ނުކުރެވި އޮތްނަމަ ތިބާއަށް އެކަންކަމުގެ ޒިންމާ އުފުލަން ނުޖެހި ސަލާމަތްވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ 

ތިމާ ދަރިންނާއިމެދު އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކޮށް ހުއްޓައި ފާހިޝް އަމަލުތައް ކުރާ ވީޑިއޯތައް ބަލަން ދަރިން ދެވި ހިފައި ފާހިޝް އަމަލުތައް ކުރަން ފެށުމުން ދެން އެދަރިން ދެކެ ރުޅި އައުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ ހަޤީޤަތުގައި އެ ދަރިންނަށް ކަންކަން ވިސްނޭ ދުވަހު ރުޅި އަންނާނީ ވެސް ތިބާ ދެކެއެވެ. ކުށްވެރިކުރާނީ ވެސް ތިބާއެވެ. އެއީ ކީރިތި ޤްރްއާނުގައި އޮތް މަގުން ކަންކަން ދަސްކޮށް ނުދިނީތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް