އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރޭ: ރައީސް

ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރޭ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި މި ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި މި ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި އެކި ބާޒާރުތައް ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރާނެއެވެ. މިކަމަކީ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ މުހިންމު ބައެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީއާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރައި ދިއުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި 2040 ވަނަ އަހަރުގެ ކުރިން ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރަންޖެހޭ މަސައްކަތުގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު މުހިންމުވާނެ ކަމަށް ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރުގެ ދުރުރާސްތާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިސްކަންދޭ ދާއިރާއެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު