އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާން ކިޔެވުން ހުއްދަނޫން ވަޤުތެއްވޭތަ؟

ޤުރްއާން ކިޔެވުން ހުއްދަނޫން ވަޤުތެއްވޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ޤުރްއާން ކިޔެވުން ހުއްދަނޫން ވަޤުތެއްވޭތަ؟  

ޤުރްއާން ކިޔެވުން ހުއްދަވެގެން ނުވާ ހަމައެކަނި ވަޤުތަކީ ޖުނުބުވެރިކަމުގެ ޙާލަތުގައި ހުންނަ ވަޤުތެވެ. އެނޫން ހުރިހާ ވަޤުތުތަކެއްގައިވެސް ޤުރްއާން ކިޔެވުން ހުއްދައެވެ.  

ގުޅުންހުރި މަޢުލޫމާތު:

https://islamqa.info/en/answers/10984/the-times-when-it-is-permissible-to-recite-quran 

އެއްވެސް ޝައްކެއް ނެތެވެ. ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރުކުރުމެވެ. ވީމާ މަސައްކަތުގައި އުޅެމުންވެސް ކިޔަވަންވީއެވެ. ކާރު ނުވަތަ ސައިކަލް ދުއްވަމުންވެސް ކިޔަވަންވީއެވެ. ބަދިގޭގައި ކައްކަން އުޅެމުންވެސް އަދި ގޭތެރޭގެ މަސައްކަތުގައި އުޅެމުންވެސް ކިޔަވަންވީއެވެ.  

ދަރިފުޅަށް ބުއްދޭން އިންނަ ވަޤުތު ޤުރްއާން ކިޔެވޭނެތޯ؟  

މައިން ކުޑަދަރިފުޅަށް ބުއްދޭގަޑީގައި ގުރްއާން ކިޔެވުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ސޫރަތެއް ކިޔެވިނަމަ ވެސް މައްސަލައެއް ނެތެވެ. ނަމަވެސް، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. ސަބަބަކީ ބުއްދޭގަޑީގައި ކޮންމެހެންވެސް ގުރްއާން ކިޔަވަން ޖެހޭނެކަމަށް ގަބޫލުކުރެވިއްޖެނަމަ ދީނުގައި ނެތްކަމެއް އޭގެ ތެރެއަށް ވެއްދުން ކަމުގައި ވެދާނެތީއެވެ،

والله أعلم.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް