އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު
ސުވަރުގެ އެދިގެން ކުރެވެން ހުރި ކަންކަން ވަރަށް ގިނައެވެ. އެހެންކަމާއިއެކުވެސް ބަޔާންކޮށްލަން މިއުޅެނީ ވަރަށް ޚާއްޞަ މަޤާމެއްގައި ވަރަށް ޚާއްޞަ ވަޤުތެއްގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްފުޅު ކުރައްވަވާފައިވާ 4 ކަމެއްގެ ވާހަކައެވެ.
ރަސޫލް ﷺ މަދީނާއަށްވަޑައިގަތުމަށްފަހު ފުރަތަމަވެސް މުޚާޠަބްކުރެއްވެވީ މުސްލިމުންނަކަށް ނޫނެވެ. އެއިރު މަދީނާގައި މުސްލިމުންގެ ވަރަށް މަދެވެ. ކޮންމެއަކަސް ރަސޫލް ﷺ މުޚާޠަބްކުރެއްވެވީ އެންމެހައި މީސްތަކުންނަށެވެ.
ޙަދީޘްފުޅު ކުރެއްވެވީ 4 ކަމެއްގައި ޘާބިތުވެ ތިބުމަށެވެ. އެއީ:
1 ހައިހޫނުކަމުގައި ތިބި މީހުންނަށް ކާންދިނުން
2 މީސްތަކުންގެ މުދުގައި ސަލާމް ފެތުރުން
3 ރަޙިމުގެ ގުޅުން ދެމެހެއްޓުން
4 މީސްތަކުން ނިދާފައި ތިބޭވަޤުތު ނަމާދުކުރުން
މި 4 ކަންތައް ޙަދީޘްފުޅު ކުރެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވީ މި 4 ކަންތައް ކޮށްފި މީހަކަށް ސުވަރުގެ ދެއްވަވާނެ ކަމަށެވެ. ސުވަރުގެ ވައްދަވައިފިމީހަކު ސުވަރުގެ ވަދެގެންދާނީ މަލާއިކަތުންގެ ސަލާމް ލިބެމުންދާ ޙާލުގައި އުފަލުން ފުރިގެން ހުރެއެވެ. އެހިސާބުން އެމީހަކަށް އެއްވެސް ދެރައެއް ލިބިމެއް ހިތްދަތިކަމެއް ލިބުމެއް ކަންބޮޑުވުމެއް ކުރިމަތިވުމެއްވެސް ނުވެއެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
Narrated in an authentic hadith in at-Tirmidhi, ‘Abdullah bin Salaam said:
“When the Messenger of Allah ﷺ arrived- meaning in Al-Madinah – the people came out to meet him. It was said that the Messenger of Allah ﷺ had arrived, so I went among the people to get a look at him. When I gazed upon the face of the Messenger of Allah ﷺ, I knew that this face was not the face of a liar. The first thing that he spoke about was that he said: ‘O people, feed the hungry, spread Salaam (greeting of peace), maintain your kin relationships, and pray at night while others are asleep. With this, you shall enter Heaven in peace.'” [Sahih]
Advertisement
28 ޖޫން 2025