އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރަށް ކުރިއަރާތަން ފެންނަނީ އަވަހަށް މަސައްކަތް ފަށައި ގިނަ ފައިސާ ހޯދަން ބޭނުންވާތީ ސަލާންދެވުމާއެކު އަވަހަށް މިސްކިތުން ފައިބައިގެންދާ މީހުންނެއް ނޫން! މިސްކިތުގަ މަޑުކުރާ މީހުން!

ބާރަށް ކުރިއަރާތަން ފެންނަނީ އަވަހަށް މަސައްކަތް ފަށައި ގިނަ ފައިސާ ހޯދަން ބޭނުންވާތީ ސަލާންދެވުމާއެކު އަވަހަށް މިސްކިތުން ފައިބައިގެންދާ މީހުންނެއް ނޫން! މިސްކިތުގަ މަޑުކުރާ މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މިސްތަކުންގެ އަވަދިނެތިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދުވާލުގެ 24 ގަޑިއިރުވެސް މިއޮންނަނީ މަދުވެފައެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުން އަންނަވަރަކަށް ފައިސާ ހޯދަން ކުރަންޖެހޭ މަސައްކަތްތައް ގިނަވާނެކަން އެއީ އެނގޭ ކަމެކެވެ.

އެހެންކަމާއިއެކުވެސް ނަމާދުތައް ކުރުމަށްފަހު ވަގުތުކޮޅަކަށް މަޑުކޮށްލާށެވެ. ފަރުޟު ނަމާދުކުރުމަށްފަހު ކިޔަންހުރި ޛކުރުތައް ކިޔައިލާށެވެ. ސުންނަތް ނަމާދަށްފަހު ދުޢާކުރާށެވެ. އަހަރެމެން ކިތަންމެ ވަރަކަށް ތެޅި ފޮޅުނު ނަމަވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށެވެ. ވީމާ އެންމެ މުހިންމީ ދެއްވަވަން އޮތް ފަރާތުގެ ރުހިވޮޑިގަތުން ލިބުމަށް ކުރެވެން ހުރި ކަންކަން ކުރުން ނޫންހެއްޔެވެ؟

އަހަރެން ނަމދުކުރާ މިސްކިތަށް އަރާ މީހުން ކުރާ މަސައްކަތް އެނގެއެވެ. އެއިގެތެރޭގައި ދެބާވަތަކަށް ޢަމަލުކުރާ މީހުން ހިމެނެއެވެ. އެއްބައަކު ސަލާމް ދިނުމާއިއެކު އަވަސްއަވަހަށް މިސްކިތުން ފައިބައިގެން އެމީހުން ކުރާ މަސައްކަތަށް ދެއެވެ. އަނެއްބައަކު މިސްކިތުގައި މަޑުކޮށްލައި ޛކުރުތައް ކިޔާލައި އަދި ސުންނަތް ނަމާދުތައްވެސް ކުރެއެވެ.

މިސްކިތަށް ނަމާދަށް އައުމުގައިވެސް ދެބާވަތެއްގެ މީހުން ތިބެއެވެ. އެއްބައަކު އެއްބައަކު ބަންގީގެ އަޑަށް މިސްކިތަށް އައިސް ސުންނަތްވެސް ކުރެއެވެ. އަނެއް ބައަކަށް އާދެވެނީ ނަމާދުފަށާފަހުންނެވެ.

މިމީސްމީހުންނަށް ބެލުމުން، އަވަހަށް މިސްކިތަށް ނާދެވޭ އަދި އަވަހަށް މިސްކިތުން ފައިބާ މީހުންނަށް އެމީހުންކުރާ މަސައްކަތުގައި ކުރިއަރައިގެން ދެވޭތަނެއް ނުފެނެއެވެ. ކުރިއަރައިދާތަންވެސް ފެންނަނީ އަވަހަށް މިސްކިތަށް އަރައި އިހުސުންނަތްވެސްކުރާ އަދި ނަމާދަށްފަހު ޛިކުރުތައް ކިޔައި ފަހު ސުންނަތްވެސް ކޮށްގެން ފައިބާ މީހުންނެވެ.

މިއީ އަހަރެންގެ ލޮލަށް ހަމަ ފެންނަމުންދާ ކަމެކެވެ. ތިއަބައިމީހުން ނަމާދުކުރާ މިސްކިތްތަކަށް އަރާ މީހުންނާއިމެދުގައިވެސް މިކަންކަމަށް ނިކަން ވިސްނައިލަބަލާށެވެ!

ފަރުޟު ނަމާދުގެ ފަހުގައި ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޛިކުރުތަކެއް އުނގަންނަވައި ދެއްވަވައިފައެވެ. އެޛިކުރުތައް ފަރުޟު ނަމާދުގެ ފަހުގައި ކިޔުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. އެކަމުގައި އެތައް ގިނަ ގުނަ ފައިދާތަކެއް ހިމެނިގެންވެއެވެ. ވީ މިންވަރަކުން އެ ޛިކުރުތައް ކިޔުމަކީ ކުރުން ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.

ކިތަންމެ ވަރަކަށް ބޭނުންވިޔަސް ހަމަ އެކަކަށްވެސް ދުނިޔޭގެ ހުރިހާ ތަނަވަސްކަމެއް ނުލިބޭނެއެވެ. ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރެކެވެ. އެކަމުގެ ހުރިހާ ބާރުތަކެއް މިލްކުވެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެހެންވީމާ މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެއީ މިސްކިތުގައި އިނދެލާނެ ވަޤުތުކޮޅު ނުލިބޭ މީހާއަށް ކުރިއެރުން ނުލިބޭތަނާއި މިސްކިތުގައި މަޑުކޮށްލާނެ ވަޤުތު ހޯދާ މީހާ ބާރަށް ކުރިއަރަމުންދާ ތަނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް