އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިވަރުންގެ މުސްތަޤުބަލަށް ޓަކައި ދަރިވަރުންނަށް އެދެވޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ޖާނާއި މާލުން ޤުރުބާންވާ ބަޔަކީ ބެލެނިވެރިން: މިނިސްޓަރ އާދަމް ޝަރީފު

ދަރިވަރުންގެ މުސްތަޤުބަލަށް ޓަކައި ދަރިވަރުންނަށް އެދެވޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ޖާނާއި މާލުން ޤުރުބާންވާ ބަޔަކީ ބެލެނިވެރިން: މިނިސްޓަރ އާދަމް ޝަރީފު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ދަރިވަރުންގެ މުސްތަޤުބަލަށް ޓަކައި ދަރިވަރުންނަށް އެދެވޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ޖާނާއި މާލުން ޤުރުބާންވާ ބަޔަކީ ބެލެނިވެރިން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ، ތިމާގެ ދެލޯނޭދިއެދޭ ދަރިފުޅު މުދައްރިސުންނާ ޙަވާލުކުރާ އިރު މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި ވަރަށް ހަރުދަނާ ގުޅުމެއް އޮންނަންޖެހޭ ކަމަށެވެ. މުދައްރިސުންނަށް އިތުބާރުކުރަންޖެހޭ ކަމަށެވެ. އަދި އިޙުރިތާމް ކުރަންޖެހޭ ކަމަށެވެ. ޚާއްޞަކޮށް ދަރިވަރުންގެ ކުރިމަތީގައި ބެލެނިވެރިން، މުދައްރިސުންނަށް އިޙުތިރާމް ކުރާކަން ދަރިވަރުންނަށް އެނގެންޖެހޭ ކަމަށެވެ.

"ރާއްޖޭގެ އިޖުތިމާޢީ ކަންކަން ބަދަލުވަމުންދާ ގޮތުން، އިޖުތިމާޢީ ފޭރާމަށް ކޮށްފައިވާ އަސަރުތަކުން، މުޖުތަމައުގައި މުދައްރިސުންނަށް އިޙުތިރާމުކުރުމުގެ ސަޤާފަތެއް އުފައްދަން މިއަދު މި ވަނީ މަސައްކަތް ކުރަންޖެހިފައި" މިނިސްޓަރ ވިދާޅުވިއެވެ.

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރުމުން، އަމިއްލަ ނަފުސަށް އިތުބާރު ކުރަން ދަސްކޮށްދޭ ކަމަށާއި، ހިންގުމުގެ ދާއިރާއަށް ލޯ ހުޅުވައިދޭ ކަމަށާއި، މީހުންނާ ގުޅިގެން މަސައްކަތް ކުރަން ދަސްކޮށްދޭ ކަމަށާއި، މީހުން ގޮވައިގެން، މީހުން ލައްވާ މަސައްކަތްކުރުވަން ދަސްކޮށްދޭ ކަމަށާއި، މައްސަލަ ޙައްލުކުރަން ދަސްކޮށްދޭ ކަމަށާއި، ނަޒާހަތްތެރިވުމަށް ހިތްވަރު ލިބޭ ކަމަށާއި، ދަރިވަރުންގެ އިޙުތިރާމް ލިބޭ ކަމަށާއި، އެ ދަރިވަރުން، މާދަމާ ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭތަން ފެނުމުން ކުރެވުނު މަސައްކަތުގެ ހިތްހަމަޖެހުން ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

 

ހަބަރު: ސަރުކާރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް