އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު
ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން އަތްތެރި މަސައްކަތް ދަސްކޮށްދޭ ކްލާސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
މި ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައެވެ. ހަމައެހެންމެ، މާލެ އިސްރަށްވެހިންގެ ނާދީގައިވެސް މި ކުލާސްތައް ކޮންމެ އަންގާރަ ދުވަހެއްގެ 14:00 އިން 15:30 އަށް ކުރިއަށް ދާނެއެވެ.
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ.
ހަބަރު: ސަރުކާރު
Advertisement
1 ޖުލައި 2025