އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު
ސިންގަޕޫރާއި ދިވެހިރާއްޖެއާ ދެމެދު ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއް (އެމް.އޯ.ޔޫ) ގައި ސޮއިކޮށްފި އެވެ. މި އެމް.އޯ.ޔޫ ގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސިންގަޕޫރުގެ ބޮޑުވަޒީރު ވޮންގް އެވެ.
މި އެމް.އޯ.ޔޫ ގައި ސޮއިކުރެވުނީ، ދެ ޤައުމުގެ ދެމެދު މިހާރުވެސް އޮތް ގާތް ރަޙުމަތްތެރިކަމާއި ބައިވެރި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގަ އެވެ. ޚާއްސަކޮށް ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަށް މި އެއްބަސްވުމުގެ ދަށުން މަގުފަހިވާނެ އެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ދެމެދު ތިމާވެށީގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ. މީގެ ސަބަބުން ދެ ޤައުމުގެ ތިމާވެށީގެ ސިޔާސަތުތައް ތަރައްޤީކުރުމަށް ފައިދާހުރި ފިޔަވަޅެއް އަޅައިފި ކަމަށް ވެސް ފާހަގަކުރެވެ އެވެ.
ހަބަރު: ސަރުކާރު
Advertisement
1 ޖުލައި 2025