އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންވެސްޓަރުންނަށް ކަންކަން ފަހިކޮށްދީ ހަލާލް ޓޫރިޒަމުގައި ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު ޠާރިޤު

އިންވެސްޓަރުންނަށް ކަންކަން ފަހިކޮށްދީ ހަލާލް ޓޫރިޒަމުގައި ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު ޠާރިޤު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އިންވެސްޓަރުންނަށް ކަންކަން ފަހިކޮށްދީ ހަލާލް ޓޫރިޒަމުގައި ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމަތުދެއްވަމުން ވަޒީރު ޠާރިޤު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަލާލު ޓޫރިޒަމުން ލިބުނު އާމްދަނީގެ ގޮތުގައި 274 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި މި އަދަދު މި އަހަރު އިތުރަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ހަލާލް ޓޫރިޒަމްގެ ދާއިރާއަށް ރާއްޖެއިން ވަނުމަކީ ޤައުމަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި އައު ސެކްޓަރތަކަށް ވަދެ، ކާމިޔާބު ހޯދާފައިވާ ބައެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޓުއަރިޒަމް ދާއިރާގައި ކުރާ ކޮންމެ ކަމެއް އެންމެ މަތީ ފަންތީގައި ކުރެވިގެންދާކަން އޮތީ ދައްކަދީފައި. އިރާދަކުރެއްވިއްޔާ މިކަންތައްވެސް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހައިކަމެއް ޓުއަރިޒަމް ސެކްޓަރގެ އިންވެސްޓަރުންނަށް ދޭންޖެހޭ ހުރިހައި ކަމެއް ކޮށްގެން މި ޕްރޮޑަކްޓްވެސް ރަނގަޅު ހިސާބަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،" ވަޒީރު ވިދާޅުވިއެވެ.

ހަލާލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ހޯދައި، މި ދާއިރާގައި އިންވެސްޓަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު