އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އުޅެމުންދިއަ އެކަނިވެރި މައަކަށް ރަނގަޅު ދިރިއުޅުމެއް ލިބެން މެދުވެރިވި ސަބަބު- ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ އުޅެމުންދިއަ އެކަނިވެރި މައަކަށް ރަނގަޅު ދިރިއުޅުމެއް ލިބެން މެދުވެރިވި ސަބަބު- ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އެކަނިވެރި މައެކެވެ. ބަލަހައްތަންޖެހޭ 2 ކުދިން ތިބެއެވެ. އެހެންވެ ދިރިއުޅެނީ ވަރަށް އަތްމަތި ދަތި ގޮތަކަށެވެ. އަމިއްލަ އޮފީހެއްގައި މަސައްކަތު އަންހެނަކަށް ލިބޭ މުސާރައާއި އެކަނިވެރިމައަކަށް ލިބޭ ޢިނާޔަތުން ކުލި ދައްކާފައި އިތުރުވަނީ ވަރަށް ކުޑަ މިންވަރެކެވެ. އެހެންވެ ބިލްތައްވެސް އޮންނަނީ ނުދެއްކިފައެވެ.  

ކޮންމެ ދުވަހަކުވެސް މެންދުރު ވެރި މީހާ ގެއިން ގެންނަ ނުވަތަ އޯޑަރުކޮށްގެން ގެންނަ ތަކެތި ކައިނިމުމުން މޭޒުމަތި ސާފުކުރަނީ އޭނާއެވެ. ބާކީ އެއްޗެއް ހުރިނަމަ އުކާނުލައި ކަނީއެވެ. މެންދުރުގެ ކެއުން ހަމަޖައްސަނީ އެގޮތަށެވެ.  

އެކަން ވެރިމީހާއަށް ފެނުނު ދުވަހު ގެންގޮސް ދިރިއުޅުމުގެ ޙާލަތާއިބެހޭ ގޮތުން ސުވާލުކުރުމުން އެއްވެސް ފޮރުވުމެއް ނެތި ކިޔައިދިނެވެ. އަޑުއިވުމުން ވެރިމީހާއަށް ވަރަށް އަސަރުކުރިއެވެ. 1000 ރުފިޔާ ހަދިޔާއަކަށް ޞަދަޤާތްކުރިއެވެ.  

ހަފްތާއެއްވަރު ފަހުން އޭނާ ގެންގޮސްފައި ބުންޏެވެ. "މިއިނީ އަހުރެންގެ އެކުވެރި މޫސައެވެ. މޫސައަކީ ގެދޮރުހުރި އެކަނިވެރި ބައްޕައެކެވެ. ބޭނުންނަމަ ކައިވެނިކުރާށެވެ! މޫސަގެ އަޚްލާޤަށް އަހުރެން ޒިންމާވަމެވެ."  

ދެމީހުން ކައިވެނިކުރީއެވެ. މިހާރު އުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.  

މިއީ އަޅުގަނޑަށް އެނގޭ އެކަނިވެރި މައަކަށް ރަނގަޅު ބައިވެރިއަކު ލިބުނު ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ނިކަމެތި ޙާލެއްގައި އުޅެންޖެހުނަސް ހިތްތިރިކޮށް ރަނގަޅު ގޮތުގައި އުޅޭނަމަ އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް ބުނުމަށެވެ. އިން ޝާ ﷲ.  

ބޭނުންވަނީ ﷲ ގެ މަގުގައި ޘާބިތުވުމާއި ކެތްތެރިކަމެވެ. ހިތްތިރިކުރަންޖެހޭ ޙާލަތުގައި ހިތްތިރިކުރުމެވެ. ލިބޭ މިންވަރަށް ޝުކުރުވެރިވުމެވެ.

 

- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް