އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 އަނބިން ތިއްބައި އެކަކު ވަރިކޮށްފިނަމަ އިތުރު އަންހެނަކާ ކައިވެނި ކުރެވޭނީ ވަރިކުރި އަންހެނާގެ ޢިއްދަ ހަމަވުމުން-

4 އަނބިން ތިއްބައި އެކަކު ވަރިކޮށްފިނަމަ އިތުރު އަންހެނަކާ ކައިވެނި ކުރެވޭނީ ވަރިކުރި އަންހެނާގެ ޢިއްދަ ހަމަވުމުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 59 ސިކުންތު

އަނބިމީހާގެ ޢިއްދަ ހަމަވަންދެން ފިރިމީހާއަށް އެހެން އަންހެނަކާއި ކައިވެނި ނުކުރެވޭނެ ޙާލަތެއްވޭތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ހަތަރުވަނަ އަނބިމީހާ ރަޖްޢީ ވަރިއަކުން ވަރިކޮށްފާ އެހެން އަންހެނަކާއި ކައިވެނި ކުރާނަމަ ވަރިކުރި އަނބިމީހާގެ ޢިއްދާ ހަމަވުމުގެ ކުރިން އެ ފިރިހެން މީހާޔަށް އެހެން އަންހެނަކާއި ކައިވެނި  ނުކުރެވޭނެ އެވެ. މިއީ މުޅި އުއްމަތުގެ އިޖްމާޢެވެ. ސަބަބަކީ ރަޖްޢީ ވަރިއަކުން ވަރިކޮށްފިނަމަ، ޢިއްދާ ހަމަވުމާއި ހަމައަށް އެއަންހެން މީހާ ހުންނާނީ އަންބެއްގެ ގޮތުގައެވެ. ބާޢިން ވަރިއަކުން ވަރިކޮށްފިނަމަ، އޭނާގެ ޢިއްދާ ހަމަވުމުގެ ކުރިން ފަސްވަނަ މީހަކާ ކައިވެނި ކުރެވިދާނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އެބަހުއްޓެވެ. ރައްކާތެރި ގޮތަކީ ޢިއްދާ ހަމަވުމުގެ ކުރިން އެހެން ކައިވެންޏެއް ނުކުރުމެވެ.  

ފިރިހެނަކު އޭނާގެ އަންހެނުން ވަރިކޮށްފައި، އަންހެނުންގެ ދައްތަ އެއް ނުވަތަ ބޮޑުދައިތަ އަކާއި ކައިވެނި ކުރަން ބޭނުންވީ ނަމަވެސް، އަންހެނުންގެ ޢިއްދާ ހަމަވަންދެން މަޑު ކުރަން ޖެހޭނެއެވެ. ސަބަބަކީ އަންހެނަކާއި އޭނާގެ އުޚްތާ ނުވަތަ ބޮޑުދައިތަ އާއި އެއްފަހަރާ ކައިވެނި ކުރުން ހުއްދަވެގެން ނުވާތީވެއެވެ. ވީމާ، މިފަދަ ޙާލަތްތަކުގައި، އަންހެނާގެ ޢިއްދާ ހަމަވަންދެން މަޑު ކުރަން ޖެހޭނެއެވެ. والله أعلم

އިތުރު ސުވާލާ ޖަވާބު:

ޖެހިފައިވާ ބައްޔަކުން، ނުވަތަ "ނުރައްކާތެރި" ބަލިތަކުން ސަލާމަތް ކުރެއްވުން އެދި ކުރެވިދާނެ ދުޢާއެއް ބުނެދެއްވަފާނަންތޯ؟

ކޮންމެ ކަމަކަށް އެދިވެސް ދުޢާ ކުރަންވީއެވެ. ވަކި ބަހަކުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ. ކޮންމެ ބަހަކުން ދުޢާ ކުރިނަމަވެސް، ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. އިޖާބަ ކުރައްވާނެއެވެ. والله أعلم

ވިތުރީގެ ފަހުރަކުޢަތުގައި ޤުނޫތު ނުކިޔައި އިމާމާ އަށް ސަޖިދައަށް ދެވިއްޖެނަމަ، ކުށުސަޖިދަ ޖަހަން ޖެހޭނެތޯއެވެ؟

ވިތުރީގައި ގުނޫތު ކިޔުމަކީ ސުންނަތެކެވެ. އަޅުގަޑުމެންގެ ރާއްޖޭގައި ފަތިސްނަމާދުގައި ކިޔަމުން ގެންދާ ގުނޫތަކީ ވިތުރީގައި ކިޔުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާފައިވާ ގުނޫތެވެ. ވިތުރީގައި ގުނޫތު ނުކީނަމަވެސް ނަމާދު ޞައްޙަވާނެއެވެ. ކުށު ސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. والله أعلم

އަޅުގަނޑު ގެއަކީ ކުރީގަ ގަބުރުސްތާނެއް. އަޑިއަށް ކޮންނައިރު ބައެއްފަހަރު ކަށިފެނޭ. އެކަމަކު ގެ ހެދިއިރު ފެނުނު ކައްޓެއް ވިއްޔާ ނެގިން. އުޅޭގޭގަ ނަމާދު ހުއްދަވާނެތޯ؟

ސުވާލުން ދޭހަވަނީ މިހާރު ގޭގައި ކަށި ނެތް ކަމަށެވެ. އެހެންވީމާ، އެގޭގައި ނަމާދު ޞައްޙަވާނެއެވެ. والله أعلم

ސިޔާސީ ފަރާތަކަށް އެހީ އަކަށް އެދި އެ އެހީއަށް ބޭސްފަރުވާ ކުރުމުން އެކަން ހުއްދަވާނެތޯ؟ ކޮރަޕްޝަން އަކަށް ވާނެތޯ؟

ސިޔާސީ މީހުން އަތުގައި ހުންނަ ފައިސާ އަކީ އޭގެ ޛާތުގައި ހުއްދަ އެއްޗެކެވެ. ނުޙައްގު ކަންތައްތަކެއް ފައިސާ ހޯދުމުގައި ހިނގާފައި ނުވާނަމަ މައްސަލަ އެއް ނެތެވެ. والله أعلم

ރަމަޟާން މަހު ގެއްލިފައިވާ ރޯދައެއް ހިފުމަށްޓަކައި ރޯދައަށް ހުރެފައި ވަރަށްބޮޑަށް ވަރުބަލިވެގެން އެދުވަހުގެ ރޯދަ ދޫކޮށްލައިފިނަމަ އެއްވެސް ކަހަލަ ކައްފާރާއެއް ދޭން ޖެހޭނެތޯއެވެ؟

ކައްފާރާ އެއް ދޭކަށް ނުޖެހޭނެއެވެ. އަނެއް ރަމަޟާން މަސް އައުމުގެ ކުރިން ހިފައި ނިންމަންވާނެއެވެ. والله أعلم

ދެމަފިރިކަމުގެ ގުޅުން ހިންގުމަށްފަހު އަންހެން މީހާ ޖުނުބުގެ ހިނައިގަތުމުގެ ފަހުން ޖިމާވުމުގެ ސަބަބުން އަންނަ ޑިސްޗާޖް އަންނަނަމަ އެޑިސްޗާޖް ފެންނަ ކޮންމެފަހަރަކު ހިނައިގަންނަން ޖެހޭނެތޯ. އަދި މީގެ އިތުރުން އަންހެނުންގެ އާންމު އުސޫލުން ކުރިމަތިފަތާތުން އަންނަ ތެތްކަން ލައިގެން ހުންނަ ފޭރާމނުގައި ޖެހިފައިވާނަމަ އެފަދަފޭރަމެއް ލައިގެން ވުލޫ އަދި ނަމާދު ކަމުދާނެތޯއެވެ.

ހިނައިގަންނަން ޖެހޭނީ މަނި ބޭރުވުމުން އެކަންޏެވެ. އެހެން އެއްޗެއް ބޭރުވެއްޖެނަމަ ރީތިކޮށް ދޮވެ ސާފުކޮށްލުމަށްފަހު، ވުޟޫކޮށްގެން ނަމާދު ކުރާނީއެވެ. والله أعلم

 

- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް