އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު
ިސްލާމީ އައުއަހަރު ފެށުމާއިއެކު ފުރަތަމަ ކަމަކަށްވެސް މިދިއަ އަހަރުގެ ދަރަނިން ސަލާމަތްވަމާ ހިނގާށެވެ! މިވަގުތު ދައްކަން މިއުޅެނީ ހުރިހާ ދަރަނިތަކެއްގެ ވާހަކައެއް ނޫނެވެ. ރަމަޟާން މަހު ދަރައި އޮތްނަމަ އެދަރަނިތަކުގެ ވާހަކައެވެ. ޤަޟާކުރަންޖެހިފައިވާ ރޯދަތަކުގެ ވާހަކައެވެ. އެންމެ ބުއްދިވެރީ ދަރަންޏަކާ ނުލައި މުހައްރަމް މަހާ ބައްދަލުކުރި މީހުންނެވެ.
ކޮންމެއަކަސް އެކުމީހުންގެ ޙާލަތު ހުންނާނީ އެކި ގޮތަށެވެ. އެހެންވެ މިކަންކަމަށް ވިސްނަިލަމާ ހިނގާށެވެ! ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ކޮންމެ އަހަރެއްގެވެސް ރޯދަމަސް ނިމުމުން ދެން ފެންނާނީ ކުރިއަށް އޮންނަ އަހަރުގެ ރޯދަނަސް އައިސް ބައްދަލުކުރާތަނެވެ. ނުވެސް އެނގިތިއްބާ އަނެއް ރޯދަމަސް އައިސް ބައްދަލުކުރާނެއެވެ.
ވީމާ ތަފާތު ސަބަބުތައް މެދުވެރިވެ މިދިއަ އަހަރުގެ ރަމަޟާންމަހުން އެއްވެސް ރޯދައެއް ގެއްލިފައިވާނަމަ އެންމެ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ޤަޟާކޮށް ނިންމާށެވެ! ހަމައެއާއިއެކު ރޯދަ ދޫކުރަން ޖެހިގެން ފިދުޔަ ދޭންޖެހޭ ހާލަތްތަކުގަ އޮތީ އެކަންވެސް އަވަސްކުރުމެވެ.
މުސްކުޅިވެ ބަލިހާލު ބޮޑުވުން ފަދަ ކަންކަމާއި ގުޅިގެން ރޯދަ ދޫކޮށްލަންޖެހޭ ހާލަތުގައި އޮތީ ފިދުޔަ ދިނުމަށް އަވަސްވެގަތުމެވެ. ފިދުޔަ ދިނުމަކީ ގެއްލޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ. އެކަންކުރުމަކަށް ވަކި ވަގުތެއް ނެތެވެ. އޮތީ އަވަސްކޮށް އެކަން ނިންމުމެވެ.
އަދި ރަމަޟާންމަހުގައި ނަމަ އެދުވަހުގެ ރޯދަ ފަހުން ޤަޞާނުކުރެވޭނެފަދަ ޙާލަތުގައި ތިބޭ މީހުން ކޮންމެހެން އެދުވަހު އިރު އޮއްސެންދެން މަޑުކުރުމެއްވެސް ނެތެވެ.
ރޯދައަކީ ދަރންޏެކެވެ. ޤަޟާ ނުކުރެވި ވަނިކޮށް މަރުވެއްޖެ ނަމަ ވާނީ ދަރަންޏަކަށެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
6 ޖުލައި 2025