އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަމާއަތުގެ ނަމާދު ފަށާފަހުން ދެވި އިމާމާ ފަހަތުގަ ޙަރަމްބަންނަ މީހުންނަށް ރަކްޢަތް ލިބޭނެ ޙިސާބު

ޖަމާއަތުގެ ނަމާދު ފަށާފަހުން ދެވި އިމާމާ ފަހަތުގަ ޙަރަމްބަންނަ މީހުންނަށް ރަކްޢަތް ލިބޭނެ ޙިސާބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

"ޖަމާޢަތަށް ނަމާދަށް ދާއިރު އިމާމާ ހުރި ހައިއަތަކުން ނަމާދު ފަށާށެވެ. އިމާމާ ރުކޫޢުގައި އޮތްނަމަ ރުކޫޢިންނެވެ. ސަޖިދާގައި އޮތް ނަމަ ސަޖިދަ އިންނެވެ. އިމާމާ އާއި އެކު ރުކޫޢިން ހިނދުކޮޅެއް ލިބުނު ކަމުގައިވީނަމަވެސް ރަކްޢަތް ލިބޭނެއެވެ. މިފަދަ ޙާލަތުގައި ސޫރަތުލް ފާތިޙާ ނުކިޔެވިނަމަވެސް ރަކްޢަތް ލިބޭނެއެވެ. ހަމައެއާއި އެކު ސޫރަތުލް ފާތިޙާ ފުރިހަމަ ކުރާނެ ވަގުތު ނުލިބުމުގެ ސަބަބުން އެސޫރަތް ނުކިޔެވުނު ކަމުގައި ވީނަމަވެސް ރަކްޢަތް ލިބޭނެއެވެ.

والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިފަދަ ސުވާލެއް އިމާމް އަޙްމަދު (ރަޙިމަހުﷲ) އާއިކުރެވުމުން ވިދާޅުވެފައިވަނީ އެޙާލަތުގައި ތަކްބީރުކިޔައި ރުކޫއަށްގޮސް ދެކަކޫމަތީގައި އަތްތިލަ ހަރުލައްވައިލެވުނުނަމަ އެމީހަކަށް އެރަކްޢަތް ލިބޭނެ ކަމަށެވެ. 

Imam Abu Dawood said: I heard Ahmed being asked about a man who catches up with the imam when he is bowing; he says takbeer and bows, then the imam stands up. He said: If he placed his hands firmly on his knees before the imam stood up, then he has caught up with the rak’ah.  End quote. 

See: Masaa’il al-Imaam Ahmad by Abu Dawood, p. 35; Haashiyat al-Rawd, by Ibn Qaasim, 2/275; al-Majmoo, 4/215.   

ޝައިޚް އިބަން ބާޒް (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ އެމީހަކަށް ރުކޫޢްގައި (އިމާމާއެކު ވަޤުތު ނުލިބިގެން) ތަސްބީޙް ނުކިޔުނު ކަމުގައިވީނަމަވެސް އެމީހަކަށް އެރަކްޢަތް ލިބޭނެ ކަމަށެވެ. 

Shaykh Ibn Baaz said: If a person catches up with the imam when he is bowing, that rak’ah counts for him, even if he does not say the tasbeeh until after the imam has stood up. End quote. 

Majmoo’ Fataawa Ibn Baaz, 11/245-246  

މިދެބަސްފުޅުންވެސް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅަށް ބާރުލިބިގެންދެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް