އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންޓަރ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ހިމެނޭ މި މުބާރާތުގައި 11 ޓީމަކާއި 15 އިންޑިވިޖުއަލް ކުޅުންތެރިން ބައިވެރިވެ މޮޅު ހުނަރު ވަނީ ދައްކާފަ އެވެ

މުބާރާތުގެ ހައިލައިޓްސް•

އީއޭއެފްސީ:

އިންޑިވިޖުއަލް 15 ބައިވެރިން•

ޗެމްޕިއަން: ޔޫސުފް (ވިލާ ކޮލެޖް) – 5،000 ރުފިޔާ ނުވަތަ 

1 ވަނަ ރަނަރަޕް: ޒަކްވާން (ޔުނިވާސިޓީ އޮފް އެޑިންބަރާ) - 3،000 ރުފިޔާ

2 ވަނަ ރަނަރަޕް: ދާއިން (ވިލާ ކޮލެޖް) – 2،000 ރުފިޔާ 

ޕަބްޖީ މޮބައިލް:

6 ޓީމް•

ޗެމްޕިއަން އެމްއެންޔޫބީއެސް - 5،000 ރުފިޔާ

ފުރަތަމަ ރަނަރަޕް: ވިލާ ކޮލެޖް – 3،000 ރުފިޔާ

ދެވަނަ ރަނަރަޕް: އެމްއެންޔޫބީއެސް - އޯޖީއެސް - 2،000ރުފިޔާ 

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ):

5  ޓީމް

ޗެމްޕިއަން: ޓީމް އެމްއެންޔޫ - 5،000 ރުފިޔާ

1 ވަނަ ރަނަރަޕް: ޓީމް އެމްއެންޔޫ 2 – 3،000 ރުފިޔާ

ސެކަންޑް ރަނަރަޕް: ޓީމް ވިލާ - 2،000 ރުފިޔާ 

އުރީދޫ ނޭޝަންގެ މައިގަނޑު މަގްޞަދަކީ ރާއްޖޭގެ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކުރުވާ ފުޅާވަމުންދާ މިދާއިރާ އަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ. ދަރިވަރުން ނަށް އެކުދިންގެ ފޭވަރިޓް ގޭމްތައް ކުޅުމުގެ ތެރޭގައި އެންގޭޖްކޮށް، ވާދަކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމުކޮށް، އުރީދޫ ނެޝަނުން ޓީމްވޯކާއި ދުޅަހެޔޮ ވާދަވެރިކަމާއި ހުނަރު އިތުރުކުރުމަށް މަގުފަހިކޮށްދެ އެވެ. ބައިވެރިންގެ އިން ގޭމް ސްޓްރެޓެޖީތައް ރަނގަޅުކޮށް، ދެމެހެއްޓެނިވި އެކުވެރިކަމާއި ގުޅުންތައް ބަދަހިކޮށް، އީސްޕޯޓްސްގެ ދުނިޔެއާޢި އެއް ފެންވަރުގައި ރާއްޖޭގައިވެސް ކުރިއެރުވޭނެ ފާޢިރާއެއްކަން ކަށަވަރުކުރުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު