އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދިނުމަށް މޮރޮކޯ ސަރުކާރުން ނިންމަވައިފި

ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދިނުމަށް މޮރޮކޯ ސަރުކާރުން ނިންމަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދިނުމަށް މޮރޮކޯ ސަރުކާރުން ނިންމަވާ އެކަން ދިވެހި ސަރުކާރަށް ރަސްމީކޮށް އަންގަވައިފިއެވެ. މިކަމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވެވި ސިޓީފުޅަކާއި ގުޅިގެން ފަހިވެގެންދިޔަ ފުރުސަތެކެވެ.

މިކަމާއި ގުޅޭ އެއްބަސްވުން މޮރޮކޯ ސަރުކާރުން މިހާރު ދިވެހި ސަރުކާރަށް ފޮނުއްވަވާފައިވާކަމަށާއި ވަރަށް އަވަހަށް މި އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މިއަދު ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، އިމާމުންނަށް ޢަރަބި ބަސް އުނގެނުމުގެ ފުރުސަތު ހަމަޖެހިގެންދާނީ އެ ޤައުމުގެ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިޓިއުޓްއަކުންކަމަށެވެ.

އެ އިންސްޓިޓުޓްގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިމާމުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު