އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމް ކުރުމަށް ވަކި ސަރަހައްދުތަކެއް މިހާރު ކެބިނެޓުން ކަނޑައަޅާފައިވާ ކަމަށާ އެސަރަހައްދުތައް ހުޅުވާލުމަށްޓަކާ ބިޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ މުނިފޫހިފިލުމުގެ ގޮތުން ކުރާ މަސްވެރިކަން ނުވަރަ ސްޕޯޓްސް ފިޝިންގ އަކީ ސަރުކާރުން އަދި ވަކީން ހާއްސަކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހއްމިޔަތު ކަމެއް ދެއްވާ އަދި ސިނާއަތެއްގެ ގޮތުގައި ދެކެން ބޭނުންވާ ކަމެއް ކަމަށެވެ.ވަޒީރު ވިދާޅުވީ ސިނާއަތެއްގެ ގޮތުގައި ސްޕޯޓްސް ފިޝިން ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.
ސްޕޯޓްސް ފިޝިން އަކީ ދުނިޔޭގައި ވަރަށް ބޮޑު އާމްދަނީ އެއް ދައުރުވާ ސިނާއަތެއް ކަމަށާ ސްޕޯޓްސް ފިޝިންގއަކީ މަންފާ ލިބޭ ސިނާއަތެއްގެ ގޮތުގައި ރާއްޖޭގައިވެސް ތަރައްގީ ކުރެވިދާނެ ކަމެއް ކަމަށެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް މުނިފޫހިފިލުވުމުގެގޮތުން މަސްވެރިކަން ކުރުމަށް ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ސްޕޯޓްސް ފިޝިން ޕްރޮމޯޓްކޮށްގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޯކަލް ޓުއަރިޒަމްވެސް ތައާރަފްވެފައި އެބަހުރި ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނަފައި ހުރި ކަންކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސްޕޯޓްސް ފިޝިން އަށް ހާއްސަ ބަނދަރު ތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށާ އެގޮތުން މިހާރު އެ ސަރަހައްދުތައް ކެބިނެޓުންވެސް ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ އެސަރަހައްދުތައް ހުޅުވާލުމަށްޓަކާ ބިޑް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ބޮޑެތި ގޮންޖެހުން އެބަހުރިކަމަށާ އެކަންކަން ހައްލު ކުރުމަށް ރާއްޖޭގެ އެކިސަރަހައްދުތަކުގައި ކަނދުފަތި ގާއިމް ކޮށްފައިވާ ކަމަށާ ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ މީހުން ގެންގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމަށް ލޯނުވެސް ދޫކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ "މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާލީ އެހިތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިސަރުކާރުން މިވަނީ 30 މިލިޔަން ރުފިޔާގެ ލޯނު ޕްރޮގްރާމެއްވެސް މީގެ ކުރިން ހުޅުވާލާފައި. އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 62 ފަރާތެއްގެ އެޕްލިކޭޝަން ލިބުނު. މިހާތަނަށް 36 ފަރާތަކަށް މިވަނީ މި ލޯނު ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީފައި." ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ ލޯނު ޕްރޮގްރާމާއެކު ބޭންކުތަކުން ލޯނު ނުވަތަ ފައިނޭންސިންގ ހޯދުމަށް މަސްވެރިންނަށް މީގެ ކުރިން ދިމާވަމުންދާ އުނދަގޫތަަކަށް ހައްލެއް ލިބިފައިވާކަމަށެވެ. އަދި މިހާރު މަސްވެރިން އެކި ބޭނުންތަކަށް ލޯނު ނަގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
Advertisement
7 ޖުލައި 2025