އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޯކަޅުކުރަން ޢިލްމްވެރިން ހުއްދަ ކުރައްވާ ބައަކާ ނުކުރައްވާ ބައަކު އެބަތިބި! އެއީ އެންމެންނަށް ހުއްދަ ކަމެއް ނޫން!: ޝައިޚް މުޙައްމަދު އިބްރާހީމް

ބޯކަޅުކުރަން ޢިލްމްވެރިން ހުއްދަ ކުރައްވާ ބައަކާ ނުކުރައްވާ ބައަކު އެބަތިބި! އެއީ އެންމެންނަށް ހުއްދަ ކަމެއް ނޫން!: ޝައިޚް މުޙައްމަދު އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 41 ސިކުންތު

ނުރަ ކަޅުކުރުމަކީ ސުވަރުގޭގެ ވަސްވެސް ނުލިބޭ ކަމެއްކަމަށް އިވެއޭ. މިއީ ސައްޙަ ވާހަކައެއްތޯ؟ 

އާދެ، އެކަމާ ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފަ ހުރީ ނުރަ ކަޅުކުރުމާ ބެހޭގޮތުން. ބޮލުގަ ޖަހާ ނުރަ، ބޯ ކަޅުކުރުމާ ބެހޭގޮތުން ބައެއް ޢިލްމުވެރިން، އަޞްޙާބު ބޭކަލުންގެ ޒަމާނުގައިވެސް އިޚްތިލާފު އޮތް. އަޞްޙާބު ބޭކަލުންގެ ޒަމާނުގައިވެސް ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ހުއްދަ، އަނެއް ބައި ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ހުއްދައެއް ނޫން. 

މިހާރު މިތާންގަ އެބައާދޭ އަޞްޙާބު ބޭކަލުން ކަޅުކުރައްވާފަވެސް އެބަހުރި. ދެން ބައެއް ރިވާއަތްތަކުގަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާވެސް ކުރައްވާފަ އެބަހުރި ބޯ ކަޅުކުރުން. މިހާރު މިތާންގަ ޙަފިޡް އިބްނު ރަޖަބު ރަހިމަހުﷲ، އެކަލޭގެފާނު ޙާފިޡް އިބްނު ހަޖަރުވެސް މިކަމާ ބެހޭގޮތުން ވިދާޅުވެފައި ވަނީ އެ ހުރިހާ ދަންނަ ބޭކަލުންގެ ރަޢުޔުތައް އެއްކުރައްވާފަ އެބޭކަލުން ވިދާޅުވެފަވަނީ މިކަމުގަ އޮތް ގޮތަކީ ދަންނަ ބޭކަލުންގެ ރަޢުޔުތައް އެއްކޮށްލީމަ ނިކުންނަ ނަތީޖާއަކީ ޒުވާން ކަން ނުގެއްލޭ މީހުން، އެމީހުންނަށް ބޯ ކަޅުކުރުން ހުއްދައެވެ. އެކަމަކު ޒުވާންކަން އެއްކޮށް ގެއްލިފައިވާ މީހުން އެމީހުންނަށް ބޯ ކަޅުކުރުން ހުއްދައެއް ނޫނެވެ. 

އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭ ކަމަށް އެ އިންނަ ޙަދީޘް، އެ ޙަދީޘް ވެސް ޞައްޚަ. ހުއްދަ ކަމަށް ވިދާޅުވާ ބޭކަލުން އެ ޙަދީޘް އެބޭކަލުން ވިދާޅުވަނީ އެ ޙަދީޘް އައިސްފައެއިނީ އެއްކޮށް މުސްކުޅިވެފައިވާ މީހުންނޭ، އެއްކޮށް ބޯ ހުދުވެފައިވާ މީހުންނަށޭ އެ ޙަދީޘް އައިސްފަ އެއިނީ. ޒުވާންކަން އަދި ނުގެއްލޭ މީހުން، އެމީހުންނަކަށް ނޫނެވެ. 

ދެން މައްކާ ފަތަޙަ ކުރެވުނު ދުވަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަބޫބަކުރުގެފާނުގެ ބައްޕާފުޅު ގެނެވުނު، އަބޫ ގުރަޙާފާ. އެކަލޭގެފާނު ގެނެވުނުއިރު އެކަލޭގެފާނުގެ އިސްތަށިފުޅާއި ތުނބުޅިފުޅު އެއްކޮށް ހުރީ ހުދުވެފަ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ އެކަލޭގެފާނުގެ ބޮލުގެ ހުދުކަން ނައްތާލާށޭ، އެކަމަކު ކަޅު ކުލައިން ދުރު ކުރާށެވެ. ކަޅުކުލަ ފިޔަވާ އެހެން ކުލައަކުން އެ ހުދުކަން ނައްތާލާށެވެ. ކަޅު ކުލައިން ދުރުކުރާށެވެ. 

އެ ޙަދީޘުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ޒުވާންކަން އެއްކޮށް ގެއްލިފައިވާ މީހުންނަށޭ އެއޮތީ ކަޅުކުރުން މަނާ ކުރައްވާފަ. އެހެންވީމާ ޒުވާންކަން އެކޮށް ނުގެއްލޭ މީހުން، އެމީހުންނަށް ހުއްދައޭ ކަޅު ކުރުން. ދެން އަޅުގަނޑުމެންނަށްވެސް ފެނޭ އެބަ ވަރަށް ޒުވާން މީހުންވެސް ބޮލުގަ ނުރަ ޖަހާފަ ހުންނަތަން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ބޮލުގަ ކުލަޖައްސާ މިއުޅެނީ ހީނާފަތުންނާއި ކަތުން ކިޔާ އެއްޗަކުން. އެއީ ކަޅު ރަތްކުލަ ނިކުންނަ އެއްޗެއް އެއީ ކަތުން. ހީނާފަތުން ރަތް ކުލަ ނިކުންނަ ހީނާފަތުންނާއި ކަޅު ރަތްކުލަ ނިކުންނަ މި ކަތުން ކިޔާ އެއްޗަކުންނާއި އޭރުގަ ކުލަ ޖައްސާ އުޅުނީ. ދެން ޖާފުރާނުންވެސް ކުލަ ޖައްސާ އުޅުނު. ޖާފުރާނުންވެސް ނިކުންނާނީ ރަތްކުލަ. އޭރުގަ ކުލަ ޖައްސާ އުޅުނު އެއްޗިހި މީ ބޮލުގަޔާ ތުނބުޅީގަޔާ އެޒަމާނުގަ. ދެން އެ ކަތުން ކިޔާ އެތިން އެބަ ނިކުމޭ ކަޅު ކުލަވެސް. ކަޅުރަތްކުލަ އޭގެން މިނިކުންނަނީ. 

އެހެންވީމާ އަޞްޙާބު ބޭކަލުންގެ ޒަމާނުގަ އެ ތަފާތު ކުލަތަކުން ކުލަ ޖައްސަވާފަ އެބޭކަލުންވެސް މިހުރީ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްކޮށް މަނާކުރައްވާފަ އެއޮތީ އެއްކޮށް މުސްކުޅިވެފައިވާ މީހުން ކަޅު ކުރުން. އެހެންމާ އޭގަ އެންމެ ރާޖިހު ގޮތްކަމުގައި ޢާފިލު އިބްނި ހަޖަރު އަދި ޢާފިލު އިބްނި ރަޖަބު ދެބޭކަލުންވެސް ވިދާޅުވެފައިވަނީ އޭގަ އެންމެ ރާޖިހު ގޮތްކަމުގައި ފެންނަނީ ޒުވާންކަން ނުގެއްލޭ މީހުންނަށް ބޯ ކަޅުކުރުން ހުއްދަކަމަށެވެ. ޒުވާންކަން ގެއްލިފަތިބޭ މީހުން، އެމީހުންނަށް ހުއްދައެއް ނޫނެވެ. އެމީހުންނަށް މަނަލެވެ.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

ވީޑިއޯ:

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު