އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު
ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓް ކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކުރެވިފައިވާ ގޮތާއި ގުޅިގެން މިއަދު އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން މި ބަލިތައް ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަޙައްދުންނެވެ.
އެގޮތުން 15 ޖޫން އިން 5 ޖުލައި 2025 ގެ ނިޔަލަށް ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން މުޅި ރާއްޖެއިން 3763 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން 2370 ކޭސް މާލެ ސަރަހައްދުން ރިޕޯޓްކުރެވިފައިވެއެވެ.
އަދި ހަމަ މި މުއްދަތުގައި އިންފުލުއެންޒާ ޖެހިގެން 239 ކޭސް މުޅިރާއްޖެއިން ރިޕޯޓްކުރެވިފައިވާއިރު، މާލެ ސަރަހައްދުން 228 ކޭސް ވަނީ ރިޕޯޓް ކުރެވިފައެވެ.
ހަބަރު: ސަރުކާރު
Advertisement
9 ޖުލައި 2025