އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް، ޓްރަޔަލެއް ކުރިއަށް ގެންގޮސްފި

މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް، ޓްރަޔަލެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތަކާއި އެހެނިހެން ހިދުމަތްތައް ޓެސްޓުކުރުމުގެ ޓްރަޔަލެއް މިދިޔަ ދުވަސްތަކުގައި ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ޓްރަޔަލް އިންތިޒާމުކޮށްފައިވަނީ އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

މި ޓްރަޔަލަކީ އައު ޓަރމިނަލް ހުޅުވުމުގެ ކުރިން އެތަނުން ދެވޭނެ ޚިދުމަތްތަކާއި، ބޭނުންކުރާ އިކުއިޕްމަންޓް އަދި މެޝިނަރީސްގެ ގޮތްގޮތް ޓެސްޓުކުރުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، ޓަރމިނަލްގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތްތައް ތަމްރީނުކުރުމަށް ވެސް މި ޓްރަޔަލް ބޭނުންކުރެވިފައިވެއެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ، ޓަރމިނަލް ހުޅުވުމުގެ ކުރިންނާއި ޚިދުމަތް ފެށުމަށް ފަހު މުޅި ޓަރމިނަލަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަލް ރެޑިނެސް، އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިންނެވެ.

އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި ޓްރަޔަލްގައި، މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެއެވެ. އޭގެ އިތުރުން، އައު ޓަރމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް މި ޓްރަޔަލްގައި ވަނީ ބައްލަވާ ޓެސްޓުކޮށްފައެވެ.

މި ޓްރަޔަލް ކުރިއަށްދިޔަގޮތް ބައްލަވާލެއްވުމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ ވަޑައިގެންފައެވެ. އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، މި ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ވެސް ސީއީއޯ ޝަރީފެވެ.

މި ޓްރަޔަލްތައް ކުރިއަށްގެންދަނީ އައު ޓަރމިނަލުން ދެވޭނެ ޚިދުމަތްތައް ފެށުމަށް ފަހު ދިމާވެދާނެ ދަތިތައް މަދުކޮށް، ހަރުދަނާ އިންތިޒާމެއްގެ ދަށުން ޚިދުމަތް ދިނުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު