އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައަކަށް އަޅުގަނޑުމެން ވާންޖެހޭ- އުއްތަމަ ފަނޑިޔާރު

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައަކަށް އަޅުގަނޑުމެން ވާންޖެހޭ- އުއްތަމަ ފަނޑިޔާރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 

 

2018އުއްތަމަ ފަނޑިޔާރު މިމޭރުމުން ވިދާޅުވެފައިވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި 

ޚިޠާބުގައެވެ. 

 

އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮންމެ ކުއާޓަރަކު ނެރެމުންދާ ބިތުފަންގި ބުލެޓިންގެ ޚާއްސަ އަދަދުގައި ހިމަނާފައިވާ މިޚިޠާބުގައި އެމަނިކުފާނުވަނީ ކާމިޔާބު މުޖުތަމަޢެއް ބިނާކޮށް، އިޖުތިމާޢީ އަދި އިޤުތިޞާދީ ޢަދާލަތު ޤާއިމްވެފައިވާ ޤައުމެއްގެ ގޮތުގައި މި ދިވެހިރާއްޖެ ދެމި އޮތުމަށްޓަކައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށް ވިދާޅުވެފައެވެ. 

 

މީގެ އިތުރުން އެމަނިކުފާނު ވަނީ ޤައުމީ ތަރައްޤީއަށްޓަކައި ކޮރަޕްޝަންގެ ނުބައި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމުގެ ދައުރަކީ ހަމައެކަނި ސަރުކާރާއި، ޤާނޫނީ ގޮތުން ކޮރަޕްޝަން ހުއްޓުވުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުއައްސަސާގެ އެކަނި ޒިންމާއެއްކަމުގައި ނުދެކި ޤައުމުގެ ކޮންމެ ފަރުދަކީވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތަކަށްވުމަށް ގޮވާލައްވައިފައެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް