އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަރުޢީ ދާއިރާއަކީ މިނިވަން އިންޞާފުވެރި ޝަރުޢީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒު: އުއްތަމަ ފަނޑިޔާރު

ޝަރުޢީ ދާއިރާއަކީ މިނިވަން އިންޞާފުވެރި ޝަރުޢީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒު: އުއްތަމަ ފަނޑިޔާރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު

އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދޭން ތިބި ފަރާތަކީ ޝަރުޢީ ދާއިރާ ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންޞާފުވެރި ޝަރުޢީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ ޝަރުޢީ ދާއިރާގެ އަމާޒު ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. ޢަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިމޭރުމުން ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮންމެ ކުއާޓަރަކު ނެރެމުންދާ ބިތުފަންގި ބުލެޓިންގެ މިއަދު ނެރުނު ޚާއްސަ އަދަދަށް ދެއްވި ޚިޠާބުގައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ޤައުމެއް ދެމިއޮތުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައަކީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ޝަރުޢީ ދާއިރާއެވެ. ކޮރަޕްޝަނާއި، ކޮރަޕްޝަނާ ގުޅިފައިވާ އެހެނިހެން ކުށްތަކުން ޤައުމު ސަލާމަތްކޮށް ވަކި ފަރާތަކަށް ބުރަވުމެއްނެތި ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ޝަރުޢީ ދާއިރާގެ މަސައްކަތްތައް ބައްޓަންކޮށް، ޢަދާލަތު ޤާއިމްކުރުމަކީ ޝަރުޢީ ދާއިރާގެ ލަނޑުދަނޑިކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ޚިޠާބް:

މިއަދަކީ، މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސްކަމަށްވާތީ، މިއަދުގެ މުނާސަބަތުގައި، އަޅުގަ ނޑުމެންގެ މި ޤައުމުން ކޮރަޕްޝަންގެ ޢަމަލުތައް ނައްތާލެއްވުމުގައި ހިތްވަރާއެކު މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތައް ޝާމިލްވާގޮތަށް އެފަރާތްތަކުން އެކުރާ ޒިންމާދާރު މަސައްކަތުގެ އަގުވަޒަންކުރުމާއެކު، އެ ފަރާތްތަކަށާއި ދިވެހި އެންމެހައި ރައްޔިތުންނަށް އަޅުގަ ނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

ކާމިޔާބު މުޖުތަމަޢެއް ބިނާކޮށް، އިޖުތިމާޢީ އަދި އިޤުތިޞާދީ ޢަދާލަތު ޤާއިމްވެފައިވާ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ މި ކުޑަ ދިވެހިރާއްޖެ ދެމި އޮތުމަށްޓަކައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަ ނޑުމެން ވާންޖެހެއެވެ. ކޮރަޕްޝަން ނައްތާލުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ އިޖުތިމާޢީ ޒިންމާއާއި ފަރުދީ ޒިންމާ އަދާކުރުމުގައި ދެމިތިބުމުގެ މުހިއްމުކަން ބޮޑެވެ.

ޤައުމީ ތަރައްޤީއަށްޓަކައި ކޮރަޕްޝަންގެ ނުބައި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމުގެ ދައުރަކީ ހަމައެކަނި ސަރުކާރާއި، ޤާނޫނީ ގޮތުން ކޮރަޕްޝަން ހުއްޓުވުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުއައްސަސާގެ އެކަނި ޒިންމާއެއްކަމަށް ނުދެކި ގައުމުގެ ކޮންމެ ފަރުދަކީވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތަކަށްވުމަށް އަޅުގަނޑު ގޮވާލަމެވެ . ކޮރަޕްޝަނުގެ ސަބަބުން ޤައުމީ ތަރައްޤީގެ ދުވެލި މަޑުޖެހި، ސަރުކާރަށާއި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިޙްތިރާމާއި އިތުބާރު ގެއްލިގެންދެއެވެ. ޤައުމުގެ އުފެއްދުންތެރިކަމަށް ހުރަސްއެޅި އިޖުތިމާޢީގޮތުން ޤައުމުގެ ޙާލަތު ދަށު ދަރަޖައަށް ދިއުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ކޮރަޕްޝަން ފާހަގަކުރެވިފައިވެއެވެ.

ވޯލްޑް ބޭންކްގެ ހިސާބުތައް ދައްކާގޮތުގައި، ކޮރަޕްޝަން ޢާންމުވެފައިވާ ޤައުމުތަކުގެ ނިސްބީ އާއްމުދަނީ އެނޫން ޤައުމުތަކާ އަޅަބަލާއިރު ތިންގުނަ ދަށެވެ. މުޖްތަމަޢެއްގައި ކޮރަޕްޝަން ޢާންމުވެ ފެތުރިއްޖެނަމަ، ޤާނޫނުގެ ޙުކުމް ޤާއިމުކޮށް ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލާންޖެހެއެވެ.

މީގެ ސަބަބުން ޤާނޫނު ނަގަހައްޓައި، ހަމަހަމަކަމާ އެކު އެންމެންގެ މައްޗަށް ޤާނޫނު ހިންގައި ތަންފީޛުކޮށް ތަޠުބީޤުކުރުމުގެ މަސައްކަތް ކުރާ އިދާރާތައް ނިކަމެތިވެ، ޖުމްހޫރިއްޔަތު ނެގެހެއްޓުމުގެ ޒިންމާ މަތި ކުރެވިފައިވާ މުއައްސަސާތައް ބަލިކަށި ވެގެން ދެއެވެ. ދުނިޔޭގެ ބައެއް ފަޤީރު ޤައުމުތަކުގެ ދާޚިލީ ޙާލަތަށް ނަޒަރުކުރާއިރު، މިފަދަ ޤައުމުތަކަކީ ޢާއްމުކޮށް ކޮރަޕްޝަންގެ ޙާލަތު ވަރަށް މަތީގައި އުޅޭ ޤައުމުތައްކަން ފާހަގަ ކޮށްލެވެއެވެ އަޅުގަނޑު ދެކޭ ގޮތުގައި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ޤައުމެއް ދެމިއޮތުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ޝަރުޢީ ދާއިރާއެވެ. އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދޭން ތިބި ފަރާތަކީ ޝަރުޢީ ދާއިރާ ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންޞާފުވެރި ޝަރުޢީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަޅުގަނޑުމެންގެ އަމާޒެވެ.

ކޮރަޕްޝަނާއި، ކޮރަޕްޝަނާ ގުޅިފައިވާ އެހެނިހެން ކުށްތަކުން ޤައުމު ސަލާމަތްކޮށް ވަކި ފަރާތަކަށް ބުރަވުމެއްނެތި ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ޝަރުޢީ ދާއިރާގެ މަސައްކަތްތައް ބައްޓަންކޮށް، ޢަދާލަތު ޤާއިމްކުރުމަކީ އަޅުގަނޑުމެންގެ ލަނޑުދަނޑިއެވެ ކޮރަޕްޝަން ހުއްޓުވުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ޤާބިލްކަން އިތުރުކޮށް ކޮރަޕްޝަނަށް ފާރަވެރިވާ ނިޒާމް ހަރުދަނާކޮށް ބާރުވެރި ކުރުވަން ޖެހެއެވެ. ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ހުރިހާ ފަރާތްތަކަކުން ފަރުދީގޮތެއްގައި ބައިވެރިވެ، ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. ރައްޔިތުންގެ މުދަލާއި ފައިސާ ރައްކާތެރިކުރެވި، އިޤްތިޞާދީ ޙަރަކާތްތަކަށް ހުރަސްނޭޅޭ ފަދަ ގޮތަށް ޤާނޫނުތައް ހެދި، އެފަދަ ޤާނޫނު ހަރުދަނާ ގޮތުގައި ތަންފީޒުކުރެވެންޖެހެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް