އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝުކުރުވެރިވާނަމަ ﷲގެ ރަޙްމަތްފުޅު އޮއްސަވާނެ- ޝުކުރުވެރި ނުވާނަމަ ޢާއިލާ ވެސް ރޫޅޭނެ، ކުރިއެރުމެއްވެސް ނުލިބޭނެ!

ޝުކުރުވެރިވާނަމަ ﷲގެ ރަޙްމަތްފުޅު އޮއްސަވާނެ- ޝުކުރުވެރި ނުވާނަމަ ޢާއިލާ ވެސް ރޫޅޭނެ، ކުރިއެރުމެއްވެސް ނުލިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 54 ސިކުންތު

ކާމިޔާބު ލިބޭނީ ޝުކުރުކުރާ މީހުންނަށް ނުވަތަ ޝުކުރުވެރިވާ މީހުންނަށް ކަމަށް ﷲ ތަޢާލާ މީގެ 1400 އެންގެވި އެންގެވުމަކީ ހަޤީޤަތެއްކަން މިއަދުގެ ޢިލްމުވެރިން ޤަބޫލުކޮށްފިއެވެ. މިއަދުގެ ޢިލްމްވެރިން ބުނަނީ ޝުކުރު ކުރުމުގެ އާދަ ނެތް މީހުންނަކީ ބަލިކަށި ބައެއް ކަމަށެވެ. އަދި އެފަދަ މީހުންނަށް އަބަދުވެސް އުޅެން ޖެހެނީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި ވަރަށް ފަސޭހައިން ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން ޗުކުރު ނުކުރާ މީހުންގެ ޒަވާޖީ ޙަޔާތުގައިވެސް މައްސަލަތައް އިތުރު ކަމަށާއި ވަޒީފާގައި ކުރިއަށް ދިއުމަށްވެސް ހުރަސްތަކެއް ހުންނަ ކަމަށެވެ.

 

ނިކަން ވިސްނައިބަލާށެވެ! ކުންފުންޏެއްގައި މަސައްކަތް ކުރާއިރު ލިބޭ މިންވަރަށް ޝުކުރު ނުކުރާ މީހާ އަބަދުވެސް ހުންނާނީ ކޮންމެވެސް ޝަކުވާއެއް ކުރުން މަތީގައެވެ. އެފަދަ މީހުންނަށް ރަނގަޅަކަށް މަސައްކަތެއް ނުކުރެވޭނެއެވެ. ނަތީޖާއަކަށްވާނީ ލިބެން ޖެހޭ ވަޒީފާގެ ކުރިއެރުން ނުލިބުމެވެ. ކުރިއަށް ދިއުމުގައި ހުރަސްތައް ކުރިމަތިވުމެވެ.

 

ހަމައެފަދައިން ޢާއިލާ އަކަށް ބަލައިލި ނަމަވެސް ފެންނާނީ ހަމަ މިބާވަތުގެ ކަންކަމެވެ. އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް ޝުކުރު އަދާނުކުރާ ޢާއިލާތަކުގައި އަބަދުވެސް އުޅެންޖެހޭނީ މައްސަލަ ޖެހިގެންނެވެ. އެފަދަ މައްސަލަތައް ހުނުވެ ވަރިފަށަށްވެސް އަރަނީ މަދަކުން ނޫނެވެ.

 

ޢިލްމުވެރިންނަށް މިއަދު މިކަންކަން އެނގިގެން އުޅުނު ނަމަވެސް މިކަމުގެ ވާހަކަތައް ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ.

 

ބަޤަރާސޫރަތުގެ 152 ވަނަ އާޔަތުގައި ވަނީ "ތިއަބައިމީހުން ތިމަން ރަސްކަލާނގެ ހަނދުމަކުރާށެވެ. އެއިރުން ތިމަން ރަސްކަލާނގެ ތިއަބައި މީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަން ރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަން ރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރްނުވާށެވެ!"

 

ދެން އާލްއިމްރާން ސޫރަތުގެ 145 ވަނަ އާޔަތަށް ބަލާށެވެ. "ޝުކުރުކުރާ މީހުންނަށް ތިމަން ﷲ ޖަޒާ ދެއްވަވާ ހުށީމެވެ." އޮތުމުން ނުފުދެނީ ހެއްޔެވެ؟ މިއާޔަތުގައި ﷲ ތައާލާ އަންގަވާފައި އެވަނީ ޝުކުރުކުރާ މީހުންނަށް ތިމަން ﷲ ގެ ނިޢްމަތްތައް މިންވަރުކުރައްވަވާނެ ކަމެވެ. "ދެއްވަވާ ހުށީމެވެ" އޮތުމުން އެއީ ވަޢްދު ބަސްފުޅެއްކަން އެނގިގެން ދެއެވެ.

 

ކޮންމެ ކަމަކާއި ގުޅިގެންވެސް "އަލްޙަމްދްލިﷲ" މިކިޔަނީ ވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށެވެ. ނިދީން ހޭލެވުމާއިއެކު ކުރާ ދުޢާ މިފަށަނީ ވެސް "އަލްޙަމްދްލިﷲ" ކިޔަމުންނެވެ. ދެން ކުރާ ކަންކަން ކުރަން މިފަށަނީވެސް ހަަމ އެފަދައިންނެވެ. މަޤްޞަދަކީ ހަމަ އެންމެ މަޤްޞަދެކެވެ. ﷲ ތަޢަލާއަށް ޝުކުރުވެރިވުމެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ރަޙްމަތަށް ގިނަގިނައިން އެދުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް