އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަޙަމްވި ކުއްޖާ ލައިފް ސަޕޯޓްގައި، އެއްވެސް ގުނަވަނެއް މަސައްކަތް ނުކުރޭ! ހެޔޮ ދުޢާ ކޮށްދެއްވާ!

ޒަޙަމްވި ކުއްޖާ ލައިފް ސަޕޯޓްގައި، އެއްވެސް ގުނަވަނެއް މަސައްކަތް ނުކުރޭ! ހެޔޮ ދުޢާ ކޮށްދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އިމާރާތް ކުރަމުންދިޔަ މ. ނަލަހިޔާ މަންޒިލްގެ ހަވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ސިމެންތި ބަސްތާއެއް ވެއްޓި، ޒަޙަމްވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާގެ ހަށިގަނޑުގެ އެއްވެސް ގުނަވަނެއް މަސައްކަތް ނުކުރާ ކަމަށާއި މިވަގުތު ނޭވާލަމުން ދަނީ ވެސް ލައިފް ސަޕޯޓްގެ އެހީގައި ކަމަށް އާއިލާއިން މައުލޫމާތު ދީފިއެވެ. 

 

"މިއަދުނޫހަށް" މައުލޫމާތު ދެމުން ކުއްޖާގެ ބޮޑުބޭބެ މީޒާން ބުނީ އެކުއްޖާގެ އެއްވެސް ގުނަވަނެއް މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް ކުޑަކޮށް ނޭވާ ލެވޭ ކަމަށެވެ. އެއީ އޮކްސިޖަން ގުޅާފައި ހުރުމުން ކަމަށް ވެސް މީޒާން ބުނެފައިވެއެވެ. 

 

މީގެއިތުރުން މީޒާން ބުނީ، އިއްޔެ ހަ ވަރަކަށް ގަޑިއިރު ވަންދެން އެކުއްޖާގެ އޮޕަރޭޝަން ކުރުމަށްފަހު އައިސީޔޫ އަށް ބަދަލު ކުރިކަމަށާއި، ނަމަވެސް ރޭ ދަންވަރު 1:00 އަނެއްކާވެސް އެހެން އޮޕަރޭޝަނެއް ކުރި ކަމަށެވެ. އެއީ އެކުއްޖާގެ ބަނޑަށް ލޭ އެޅިފައިވާތީ ކުރި އޮޕަރޭޝަނެއް ކަމަށާއި އެކުއްޖާ އޮތީ "ލާސްޓް ސްޓޭޖް" ގައި ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެސް މީޒާން ބުންޏެވެ. 

 

އިއްޔެ ހެނދުނު 10:30 ހާއިރު ހިނގި މިހިތާމަވެރި ހާދިސާގެ ސަބަބުން ކުއްޖާގެ އާއިލާއަށާއި ވަރަށް ގިނަ ފަރާތްތަކަކަށް ވަނީ ޝޮކެއް ލިބިފައެވެ. ސިމެންތި ބަސްތާ އެކުއްޖާގެ ބޮލަށް ވެއްޓޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް އެއްވެސް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެވީޑިއޯއިން ފެންނަ ގޮތުގައި ސިމެންތި ބަސްތާ ވެއްޓިގެން މުޅިތަން އެއްކޮށް ފުސްވެއެވެ. ކުއްޖާ ބަސްތާގެ ދަށުވެފައި އޮތްކަން އެނގުނީވެސް މާފަހުން ކަމަށް އެވަގުތު އެތަނުގައި ތިބި ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ. 

 

އެނގިފައިވާ ގޮތުގައި އެކުއްޖާއަކީ އަތޮޅުތެރެއިން ރަށެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ޑޮކްޓަރެއްގެ ދަރިއެކެވެ. މާލެއަށް އެމީހުން އައީ ޗުއްޓީ ހޭދަ ކޮށްލުމަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

 

އާއިލާއިން އެދެނީ އެކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދި އެންމެހާ ފަރާތްތަކުގެ ހެޔޮ ދުޢާއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ