އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބް އަށް އެމްޓީޑީގެ ރައީސް ކަމަށް ނާދެވޭނެ- އީސީ

އަދީބް އަށް އެމްޓީޑީގެ ރައީސް ކަމަށް ނާދެވޭނެ- އީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

މޯލްޑިވްސް ތާޑްވާ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސްކަމުގެ މަގާމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަށް ނާދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

 

އީސީއިން އެހެން ބުނެފައިވަނީ، އެމްޓީޑީ މިއަދު ރެޖިސްޓްރީކުރުމަށްފަހު އެޕާޓީން ބޭއްވި ކައުންސިލު ބައްދަލުވުމުގައި، އެމްޓީޑީގެ ރައީސްކަމުގެ މަގާމަށް އަދީބު ކަނޑައެޅުމުންނެވެ.

 

އެކޮމިޝަނުން ބުނީ، އަދީބް އަކީ އަދިވެސް ޖަލު ހުކުމެއްގައި ހުރި މީހަކަށްވުމުން، އެއްވެސް ސިޔާސީ ޕާޓީއެއްގެ ރައީސްކަމަކަށް ނާދެވޭނެ ކަމަށެވެ.

 

އެމްޓީޑީން މިރޭ ބޭއްވި ކައުންސިލު ބައްދަލުވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ނައިބު ލީޑަރު އިސްމާއިލް އާސިފް ވިދާޅުވީ، އަދީބު އެމްޓީޑީގެ ރައީސްކަމަށް އައްޔަނުކުރަން ކައުންސިލުން ނިންމީ ގާނޫނީ ލަފާ ވެސް ހޯދައިގެން ކަމަށާއި ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް އިންތިގާލީ މަރުހަލާގައި، އިންތިގާލީ މަގާމަކަށް ނާދެވޭނެ ކަމަށް ބުނެފައި ނެތް ކަމަށެވެ.

 

ނަމަވެސް މިކަމާއި ގުޅޭގޮތުން އީސީން ބުނެފައިވަނީ ޝަރުއީގޮތުން ހުކުމެއްގައި ހުންނަ އެއްވެސް މީހަކަށް، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުން ނޫން އިތުރުކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީއެއްގެ އެއްވެސް މަގާމަކަށް ވެސް ނާދެވޭނެ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ