އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ ފަސް ދުވަހު ސަރުކާރުން ހޭދަކުރީ އެންމެ 4،000 ރުފިޔާ!

ފުރަތަމަ ފަސް ދުވަހު ސަރުކާރުން ހޭދަކުރީ އެންމެ 4،000 ރުފިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު 

އައު އަހަރުގެ ފުރަތަމަ ފަސް ދުވަހު ސަރުކާރުން ހޭދަކުރީ އެންމެ 4،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ މާލީ ރިޕޯޓު ބުނާ ގޮތުން، ޖެނުއަރީ މަހުގެ ފުރަތަމަ ފަސްދުވަހު ދިވެހި ސަރުކާރުން ހޭދަކޮށްފައި ވަނީ ޖުމުލަ 4 ހާސް 13 ރުފިޔާއެވެ. 

ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ހޭދަތަކަށް ވަކިވަކިން ބަލާނަމަ، ވޭތުވެދިޔަ ހަފްތާގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހޯމް މިނިސްޓްރީންނެވެ. އެއީ 2،600 ރުފިޔާ ކަމަށް ރިޕޯޓުން ދައްކައެވެ. އަދި ހެލްތު މިނިސްޓްރީން 1،243 ރުފިޔާގެ ހޭދައެއް ކޮށްފައިވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލް އިން 95 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވަނީ 75 ރުފިޔާގެ ކުޑަ ހޭދައެއް ކޮށްފަ އެވެ. 

މިދިޔަ ހަފްތާގައި ދައުލަތުގެ އެހެން އެއްވެސް އިދާރާއަކުން ހަރަދެއް ކޮށްފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އަހަރު ފެށޭ ދުވަސްވަރު އާންމު ގޮތެއްގައި ވެސް ސަރުކާރުން މާ ބޮޑު ހޭދައެއް ނުކުރާ ކަމަށެވެ. އެންމެ ބޮޑެތި ހަރަދުތައް ކުރެވޭނީ، އަހަރު ނިމޭ ހިސާބުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. 

އާ ސަރުކާރުގެ ފުރަތަމަ އަހަރު ފެށުނު އިރު މި އަހަރުގެ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނީ 23.2 ބިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވެ އެވެ. އެކަމަކު ހަރަދު އުޅޭނީ، ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ނަމަ 27 ބިލިއަން ރުފިޔާގަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް