އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައުންސިލް އިންތިހާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި!

ކައުންސިލް އިންތިހާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 މިހާރު ރާއްޖެއިން ވެސް ފެނުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

މިކަން އިއުލާނު ކުރައްވާ އެކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުން ދެއްވާ، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދެއްވާ، މިއަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކޮށްދެއްވުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ކޮވިޑް 19 ފެތުރެމުން ދިޔުމާއި ގުޅިގެން، ރާއްޖޭގައި ފުރަތަަމަ ފަހަރަށް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ ސަރުކާރުން އިއުލާނު ކުރައްވާފައެވެ.

އެ އިންތިހާބު ފަސްކުރަން އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މީގެކުރިން ވަނީ ގޮވާލައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ފަސް ކުރުމަށް ގިނަ ބަޔަކު ގޮވަމުން އަންނާތީ އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން މިއަދު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ