އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤްރްއާނުގެ މާނަ ނޭނގޭ ނަމަ އިބިލީހަށް ކުރާ ކައްކައި ނުދީ ދީނީ ޢިލްމުވެރިންގެ އަރިހުން އޮޅުންފިލުވުން ރަނގަޅުވާނެ!

ކީރިތި ޤްރްއާނުގެ މާނަ ނޭނގޭ ނަމަ އިބިލީހަށް ކުރާ ކައްކައި ނުދީ ދީނީ ޢިލްމުވެރިންގެ އަރިހުން އޮޅުންފިލުވުން ރަނގަޅުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ނަޖްމް ސޫރަތުގެ 4 ވަނަ އާޔަތުގައި "އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެއެވެ." އޮތުމުން މާނަ ނުއެނގޭނަމަ ސޯޝަލް މީޑިއާގައި ޖަދަލުކޮށް ސުވާލުތައް އުފައްދައި މީސްތަކުންގެ ހިތްތަކުގައި ޝައްކު އުފައްދުވަން މަސައްކަތް ކުރުމުގެ ބަދަލުގައި ދީނީ ޢިލްމުވެރިންގެ އަރިއަހުން އޮޅުން ފިލުވައިލުން ރަނގަޅުވާނެއެވެ. ނޫންނަމަ އެކަން ވާނީ އިބިލީހަށް ކުރާ ކައްކައިދިނުމަށެވެ. 

"އެކަލޭގެފާނު ރަސޫލެއްގެ ގޮތުން އުންމަތަށް ދެއްވަވާ ހުރިހާ އިރުޝާދެއް އެކަމުގައި (އެއާޔަތުގެ މާނައިގައި) ހިމެނެއެވެ. (ޤްރްއާނާއި ޙަދީޘުންވެސް ހިމެނޭ ގޮތުގައި) 

އިމާމު އިބްނު ޤައްޔިމު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. " އެކަލޭގެފާނުގެ (އާޔަތުގައި އިޝާރާތް ކުރައްވާފައިވާ) އެކަލޭގެފާނުގެ ބަސްފުޅު ޤުރުއާނާއި ސުންނަތުގެ ތެރޭގައި ހިމެނޭނެއެވެ. އެހެނީ، ޤުރުއާނާއި ސުންނަތަކީވެސް މާތް ﷲ ވަޙީކުރައްވާފައިވާ ވަޙީއެވެ."

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ ޝަރީޢަތުގެ ޙުކުމަކާއި ގުޅޭ ގޮތުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކޮންމެ ބަސްފުޅަކީ ﷲ ތަޢާލާގެ ވަޙީ ކަމަށެވެ. ނަޖުމް ސޫރަތުގެ 3 ވަނަ ޢާޔަތާއި 4 ވަނަ ޢާޔަތުގައި "އަދި އެކަލޭގެފާނު އަމިއްލަފުޅަކަށް ވާހަކަފުޅެއް ނުދައްކަވަމުއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެއެވެ." އޮތުމުން އެކަން ކަށަވަރުވެ ޔަޤީންވާ ކަމަށެވެ.

"އޮއްސިގެންދާހިނދު، ތަރި ގަންދެއްވަވައި ވަޙީ ކުރައްވަވަމުއެވެ. ތިއަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މޫޙައްމަދުގެފާނު) ޙައްޤުމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބާޠިލު އިޢްތިޤާދެއް ނުކުރައްވަވައެވެ. އަދި އެކަލޭގެފާނު އަމިއްލަފުޅަކަށް ވާހަކަފުޅެއް ނުދައްކަވަމުއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެއެވެ." (ސޫރަތުއްނަޖްމް- 1،2،3،4) 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް