އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށްޓަކައި ފާފައެއް ކުރުން ދޫކޮށްލައިފި މީހަކަށް މިދުނިޔޭގައިވެސް ނިޢްމަތްތައް އޮއްސަވައިލައްވަވާނެ!: ވައްހާޖް ޠަރިން

ﷲ އަށްޓަކައި ފާފައެއް ކުރުން ދޫކޮށްލައިފި މީހަކަށް މިދުނިޔޭގައިވެސް ނިޢްމަތްތައް އޮއްސަވައިލައްވަވާނެ!: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ﷲ ތަޢާލާގެ މަގުގައި ހެޔޮ އަމަލުކުރުން މަތީގައި ދެމިހުރި މީހަކަށް އަދި ﷲ ތައާލާއަށްޓަކައި ޙަރާމް ކަމަކުން ދުރުވެގެންފި މީހަކަށް ހީވެސް ނުކުރެވޭނެ ހައި މަތިވެރި ނިޢްމަތްތައް ﷲ ތަޢާލާ ދެއްވަވާކަން އެއީ މިދުނިޔޭގައިވެސް ފެނި އަދި ފެންނަމުން އަންނަ ކަންކަމެވެ.

ސުލައިމާނުގެފާނު ﷲ ތަޢާލާއަށްޓަކައި އެކަލޭގެ ފާނުގެ އަސްކޮޅުތައް ދޫކޮށްލެއްވެވިއެވެ. ބަދަލުގައި ﷲ ތަޢާލާ ސުލައިމާނުގެފާނަށް ވައި ކިޔަމަންކޮށް ދެއްވެވިއެވެ. ޔޫސުފްގެފާނު ﷲ ތަޢާލާއަށްޓަކައި ހިލޭ އަންހެނެކާއިއެކު ގުޅުން ހިންގެވުން ދޫކޮށް ލެއްވެވިއެވެ. ބަދަލުގައި އެ ބޮޑު މިޞުރުގެ އެވަރުގަދަ ވެރިކަން ދެއްވެވިއެވެ.

ޞަޙާބީން ﷲ ތަޢާލާގެ މަގުގައި އެބޭކަލުންގެ ހުރިހާ މުދަލާއި ނަފްސް ޤްރްބާން ކުރެއްވެވިއެވެ. ބަދަލުގައި ﷲ ތަޢާލާ އެބޭކަލުންނަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވަވާނެއެވެ.

ޞަހާބީންނަށް މިދުނިޔޭގައި ނުދެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެބޭކަލުން މިދުނިޔޭގައި އެއްވެސް ނިޢްމަތެއް ބޭނުންފުޅެއް ނުވާތީއެވެ. އެބޭކަލުން ބޭނުންފުޅުވީ ހަމައެކަނި ﷲ ތަޢާލާގެ ރުއްސެވުމާއި ސުވަރުގެއެވެ.

ސުލައިމާނުގެފާނަށާއި ޔޫސުފްގެފާނަށް މިދުނިޔޭގައި އެ ނިޢްމަތްތައް ދެއްވެވީ އެބޭކަލުން ސުވަރުގެ އެދިވަޑައި ނުގަންނަވާތީއެއް ނޫނެވެ. ﷲ ތައާލާއަށްޓަކައި ކުރާ ކަންކަމުގެ ބަދަލު މިދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ދެއްވަވާނެކަން މީސްތަކުންގެ ލޯތަކަށް ދެއްކެވުމަށެވެ. އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ.

ވީމާ އަހަރެމެންނަށް އޮތީ މިފަދަ ކަންކަމަށް ވިސްނައި ފިކުރުކުރުމެވެ. ޢިބްރަތްޙާޞިލުކޮށް ދެ ދުނިޔެ ހޯދަން ގަދައަޅައި މަސައްކަތް ކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން އިތުރަށް ވިސްނަން ޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.

--އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް