އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޮލަންޑުން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރި ޖޯރަމް ވާން ކްލެވެރެން އިސްލާމްވެ އެކަން އިއުލާންކޮށްފި

ހޮލަންޑުން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރި ޖޯރަމް ވާން ކްލެވެރެން އިސްލާމްވެ އެކަން އިއުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ހޮލަންޑުން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރި ކުރީގެ އެމްޕީ ޖޯރަމް ވާން ކްލެވެރެން އިސްލާމްވެ އެކަން އިއުލާންކޮށްފި އެވެ. އިސްލާމް ވެގެންހުރި ކަމަށް ބުނެ އޭނާ ބަޔާން ދީފައިވާ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެނާ އިސްލާމްވީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށެވެ. 

ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޖޯރަމް ވާން ކްލެވެރެން އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރީ އެއިރު އެޤައުމުގައި ވިސްނަމުން ދިއަ ގޮތުން ކަމަށެވެ. ކޮންމެ ނުބައި ކަމެއް ހިނގާ ސަބަބަކީ މުސްލިމުން ކަމަށް ދެއްކުމަށް އެއިރުގެ ސިޔާސަތުތައް ހުރުމުން ކަމަށެވެ. 

''އަހަރެން އިސްލާމް ދީނާ ދެކޮޅަށް ފޮތެއް ލިޔަން ފެށިން އެ ފޮތަށް ހޯދި މައުލޫމާތުން އަހަރެންގެ ވިސްނުން ބަދަލުވީ. މިއީ ދީނީ މިނިވަންކަން އޮތް ޤައުމެއް. ކޮންމެ މީހަކަށްވެސް އެމީހަކު އަޅުކަން ކުރަން ބޭނުން ކަލާނގެއަކަށް އަޅުކަން ކުރެވޭ ޤައުމެއް މިއީ. އެހެންވީމާ އަހަރެން މި ނިންމީ މުސްލިމަކަށްވާން."

ޖޯރަމް ވާން ކްލެވެރެން އިސްލާމްވިކަން އިއުލާނުކުރުމާއި ގުޅިގެން މީޑިއާތަކުން ގެންދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެނާގެ އެންމެ ގާތް އެކުވެރިން ކަމުގައި ބެލެވުނު މީހުން ގެންދަނީ އޭނާގެ މި ބޮޑު ބަދަލަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް