އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މައުމޫން ޖަލު ކޮމިޝަނާއި ބައްދަލުކޮށް ޝަކުވާތައް ހިއްސާ ކޮށްފި

ރައީސް މައުމޫން ޖަލު ކޮމިޝަނާއި ބައްދަލުކޮށް ޝަކުވާތައް ހިއްސާ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އެކުލަވާލާފައިވާ އޮޑިޓް ކޮމިޝަންގެ މެމްބަރުންނާއި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ބައްދަލުކޮށް އެމަނިކުފާނުގެ ޝަކުވާތައް ހިއްސާ ކުރައްވައިފިއެވެ. 

ރައީސް މައުމޫން ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޖަލު ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވި ކަމަށާއި އެމަނިކުފާނު ޤާނޫނާއި ޚިލާފަށް ޖަލުގައި ބެހެއްޓެވި 237 ދުވަހުގެ ތެރޭގައި ދިމާވި ސިއްޙީ މައްސަލަތަކާއި ކުރިމަތިވި އެހެން ކަންކަން އެކޮމިޝަންގެ މެމްބަރުންނާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ. 

"..އަޅުގަނޑަށްވުރެ ބޮޑަށް އެހެން ގައިދީން ޖަލުގައި އަނިޔާ ތަޙައްމަލު ކުރެއްވި" ރައީސް މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. 

މީގެއިތުރުން ރައީސް މައުމޫން ވިދާލުވީ، ދޫނިދޫ ޖަލާއި މާފުށީ ޖަލުގެ ޖޫނިއާ ސްޓާފުން އެމަނިކުފާނާއިމެދު ޢަމަލު ކުރެއްވީ ރަނގަޅަށް ކަމަށާއި އެމަނިކުފާނާއިމެދު ބޭއިންސާފުން އަމަލު ކޮށްފައިވަނީ އެތަންތަނުގެ ބޮޑުން ކަމަށެވެ. 

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ޓެރަރިޒަމްގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެންމެ ފުރަތަމަ ހައްޔަރު ކުރީ ރައީސް މައުމޫން އެވެ. އަދި ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމެއްނެތި، ބަންދުގައި އެތައް ދުވަހަކު އެމަނިކުފާނު ބެހެއްޓިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ