އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ ހޯދައިދޭން- ރައީސް މައުމޫން

ބޭނުންވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ ހޯދައިދޭން- ރައީސް މައުމޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

މިއަހަރުގެ އެޕްރީމް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ބޭނުން ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ ހޯދައިދޭން ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

 

ރައީސް މައުމޫންގެ ތާއިދާއެކު މަޖިލީހަށް ކުރިމަތިލައްވަން ނިންމާފައިވާ ކެނޑިޑޭޓުންނާއެކު ޝީބިލްޑިންގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ އެމްއާރުއެމްއިން މަސައްކަތް ކުރާނީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ނޫން ކަަމަށާއި މިހާރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށްވުމުން، ވަކި ޕާޓީއެއްގެ ބޭފުޅަކު ރައީސް ކަމުގައި ހުންނެވި ކަމުގައިވީ ނަމަވެސް އެއީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށެވެ.

 

ބޭނުންވަނީ މަޖިލީހުގައި ކޯލިޝަނަށް މެޖޯރިޓީ ހޯދައިދޭން ކަމަށާއި ރައްޔިތުންގެ ތާއީދު ލިބުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

 

"ބޭނުންވަނީ ރައްޔިތުންގެ ތާއިދު، ރައްޔިތުން އަޅުގަނޑުމެންނަށް ހިތްވަރު ދިނުން، އެއީ ރައްޔިތުންގެ މަޖިލީހަކީ ބާރުވެރި ތަނަކަށް ހެދުން، ރައްޔިތުންގެ ބާރު ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކޮންމެހެން މަޖިލީހުގެ އަގުލަބިއްޔަތު ހޯދާކަށް ނޫން، އަޅުގަނޑުމެންނަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެެރިޔާ، އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ބައި ފުރިހަމަ ކުރަން" ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.

 

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، މަޖިލީހަށް މެމްބަރުން ހޮވަނީ އެމެމްބަރުން މުއްސަނދި ކުރަން ނޫން ކަމަށާއި އެމީހުން ހޮވަނީ ރައްޔިތުންނަށް އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ