އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންޓި ކޮރަޕްޝަނާއި، ގުޑް ގަވަރނަންސާ ބެހޭ ޕްރޮގްރާމެއް ވަޒީރުންނަށް ހިނަގައިފި

އެންޓި ކޮރަޕްޝަނާއި، ގުޑް ގަވަރނަންސާ ބެހޭ ޕްރޮގްރާމެއް ވަޒީރުންނަށް ހިނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

އިންތިޚާބީ މަޤާމުތަކަށާއި، ސަރުކާރުން އައްޔަނުކުރާ މަޤާމުތަކުގެ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ އެންޓި ކޮރަޕްޝަނާއި، ގުޑް ގަވަރނަންސާ ބެހޭ ޕްރޮގްރާމްގެ ތެރެއިން ދައުލަތުގެ ވަޒީރުންނަށް ޚާއްޞަ ކޮށްގެން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. 

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާޙުކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ގުޑް ގަވަރނަންސް ޕްރޮގްރާމަކީ، މިނިސްޓްރީތަކާއި، އޮފީސްތަކުގެ ތެރޭގައި ހިނގާ، ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމުގައި އެހީތެރިކަން ލިބޭނެ ޕްރޮގްރާމަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި، ހުރިހާ ވަޒީރުންގެ ފުރިހަމަ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުން:

މިދިއަ ދެ ދުވަހު ހިންގި ގުޑް ގަވަރނަންސް ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުންވެސް، މި ސިޔާސަތަށް ވަރަށް މުހިންމު ޚިޔާލުތަކެއް ވަނީ ލިބިފައި. އޭގެ ތެރޭގައި ޤައުމީ ފެންވަރުގައި އެކަށައަޅައި ތަންފީޒު ކުރެވިދާނެ ސިޔާސަތުތަކެއްވެސް ފާހަގަކުރެވިއްޖެ.

އެފަދަ އެއް ސިޔާސަތަކީ، މަޞްލަޙަތު ފުށުއަރާ ކަންކަމުގައި ބައިވެރިނުވުމުގެ ސިޔާސަތު. ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަމަށް ފަރުވާއެއް ހޯދިދާނެ. އެފަދަ ދެވަނަ ކަމަކީ، ކުރިން މީހަކު އަދާކުރި މަޤާމެއްގެ ނުފޫޒު، ފަހުން އޭނާ ޢައްޔަނު ކުރެވޭ ވަޒީފާގެ މަސައްކަތަށް ފޯރުވުން ހުއްޓުވޭނެ މިންގަނޑެއް ކަނޑައެޅުން.

އެފަދަ މިސާލެއް ދަންނަވައިލާނަން. އެއީ ކުރިންހުރި ވަޒީފާއިން ވަކިވިތާ ދެ އަހަރު ނުވަނީސް، ސަރުކާރުގެ ތެރެއިން ހިންގާ އެފަދަ މުޢާމަލާތެއްގައި ބައިވެރިނުވެވޭގޮތް ހެދުން. މިފަދަ ޤަރާރެއް، އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ދައުރުގައި ފާސްކޮށް، މިހާރު އަންނަނީ ތަންފީޒުވެސް ކުރަމުން.

ދައުލަތުގެ ސުލޫކީ މިންގަނޑެއް ކަނޑައަޅައި، ދައުލަތުގެ ހުރިހާ މުވައްޒަފުން މި މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން ލާޒިމު ކުރުމަކީވެސް ކުރެވިދާނެ ކަމެއް. މި މިންގަނޑުގެ ތެރޭގައި، ދައުލަތުގެ މުވައްޒަފުން ހަދިޔާ ލިބިގަތުމާއި، ކުރާ ދަތުރުތަކަށް ސްޕޮންސަރ ލިބިގަތުމާއި، ކެމްޕެއިން ޙަރަކާތްތަކުގައި، މުވައްޒަފުން ޢަމަލުކުރަންވީ ގޮތުގެ ގައިޑްލައިނެއްވެސް ކަނޑައެޅިދާނެ.

ވަޒީރުން މިއަދު ބައިވެރިވެވަޑައިގަންނަވާ ސެޝަންގެ ތެރެއިން، އަދި މިއަށްވުރެވެސް ހަރުދަނާ މުހިންމު ޚިޔާލުފުޅުތައް ފާޅުކުރައްވާނެކަން އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންގެ މެދުގައި މިކަންކަމާމެދު މަޝްވަރާ ކުރައްވައި، ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތު ތަންފީޒު ކުރެވޭނެ އެންމެ ބިނާކުރަނިވި ގޮތްތަކަކީ ކޮބައިތޯ ބެއްލެވުމަކީ، ވަރަށް މުހިންމު ކަމެއް.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް