އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ސެކިއުރިޓީ އޮފިސަރުން ހޯދަން މަޖިލީހުގެ އިދާރާއިން އިއުލާން ކޮށްފި

އަންހެން ސެކިއުރިޓީ އޮފިސަރުން ހޯދަން މަޖިލީހުގެ އިދާރާއިން އިއުލާން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން، އަންހެން ސެކިއުރިޓީ އޮފިސަރުން ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު އިއުލާން ކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ސާޖަންޓް އެޓް އާމްސްގެ އިރުޝާދުގެ ދަށުން، މަޖިލިހުގެ އިދާރާގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ހަތަރު އަންހެނުން ބޭނުންވާ ކަމަށެވެ. 

މި މަގާމުގެ ޝަރުތަކީ ސާނަވީ އިމްތިހާނުގެ ދެ މާއްދާ އަކުން ދަށްވެގެން ޑީ ފާސް ލިބިފައި ވުމާއި އެސްއެސްސީ އިމްތިހާނުގައި ދިވެހިން ދަށް ވެގެން ސީ ފާސް ލިބިފައި ވުމާއި އަދި މަގާމަށް ބޭނުންވާ ދާއިރާ އަކުން ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް އޮތުމަކީ ވެސް ޝަރުތެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

މި މަގާމަށް އެދުމުގެ މުއްދަތު ހަމަވާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ.

އަންހެން ސެކިއުރިޓީންގެ މުސާރަ އާއި އެލަވަންސާ އެކު، އާމްދަނީގެ ގޮތުގައި މަހަކު 12،500 ރުފިޔާ ލިބޭނެ އެވެ.

 

 

 

 

އެ އިދާރާ އިން ކުރި އިއުލާނެއް ގައި ބުނީ،  

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު