އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަފިހިހުރަސް މަތިން ވެހިކަލް ޖެއްސުމުން އަނިޔާ ލިބުނު މީހާ ވެންޓިލޭޓަރުގަ! ޖެއްސި މީހާ ހަބޭހަށް މިނިވަންކަމުގަ! - އިންޞާފު ކޮބާ؟

ކަފިހިހުރަސް މަތިން ވެހިކަލް ޖެއްސުމުން އަނިޔާ ލިބުނު މީހާ ވެންޓިލޭޓަރުގަ! ޖެއްސި މީހާ ހަބޭހަށް މިނިވަންކަމުގަ! - އިންޞާފު ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ކަފިހިހުރަސް މަތިން ވެހިކަލް ޖެއްސުމުން އަނިޔާ ލިބުނު އަންހެން މީހާއަށް މިއަދު ހެނދުނުން ފެށިގެން ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. ޖެއްސި މީހާ ހަބޭހަށް މިނިވަންކަމުގައި އުޅެމުންދަނީއެވެ.  

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެއްސި ޑްރައިވަރު ހައްޔަރުކުރަން ފުލުހުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޯޓުން ވަނީ އޭނާ ހައްޔަރު ކުރަން އަމުރު ނުދީފައެވެ. މިފަދަ ޖަރީމާތައް ހިންގާ މުޖުރިމުން ހައްޔަރުކުރާނީ ޝަރީޢަތް ނިންމައިގެން ކަމަށްވާނަމަ އެކަމަށް ނަގާނީ ކިތައް އަހަރުކަމެއް ނުއެނގެއެވެ. މާބަނޑު އަންހެނަކު މަރުވެފައިވާ މިފަދަ ހާދިސާއެއްގައި ޙުކުމެއް ނުއިއްވައި މިހާރު ވެސް 7 އަހަރުވެފައިވާތީ އެވެ. މިފަދަ ކިތަންމެ މައްސަލަތަކެއް ފާހަގަކުރެވޭތީއެވެ. 

މިހައިތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބާރު ސްޕީޑްގައި އައިސް ސްޕީޑް ބްރޭކަރު ހުރަސްކޮށް ކަފިހިހުރަސް މައްޗަށް އަރައި ޖެއްސި ވެހިކަލަކީ ޢާންމުކޮށް ވެސް އެ ވެހިކަލް ދުއްވާ ބާރުމިނުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވެސް ބޮޑުބިރަކަށްވެފައިވާ ވެހިކަލެކެވެ. މިއަދުނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވަނީ ބާރަށް ތަނަކަށް ދާން ބޭނުންވެއްޖެނަމަ އެމީހުން ގުޅަނީ އެވެހިކަލަށް ކަމަށެވެ.  

ޤަވާއިދާއި ޚިލާފަށް ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކޮންމެ ދުވަހަކުހެން ބޮޑެތި އަނިޔާތައް ގިނަ ބައަކަށް ލިބެމުން އަންނައިރު އެކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ގިނަ ބައަކު އަންނަނީ ފާހަގަކުރަމުންނެވެ.  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް