އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާވެރިކަން އޮތީ އިސްލާމްދީނުގެ ވަހުދަތުގައި ތިބެގެން: ޑރ. ޖަމީލް

އުފާވެރިކަން އޮތީ އިސްލާމްދީނުގެ ވަހުދަތުގައި ތިބެގެން: ޑރ. ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

އުފާވެރިކަން އޮތީ އިސްލާމްދީނުގެ ވަހުދަތުގައި ތިބެގެންކަަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

 

މިއަހަރުގެ ރައްޔިތުންގެ މަހިލިސް އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޑރ. ޖަމީލް މިހެން ވިދާޅުވީ "ރަލުގެ ވިޔަފާރިކުރުމުން އިންތިހާއަށް ފައިދާ ބޮޑުވެ، މުއްސަދިވާނެ" ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއިމެެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

 

ތޮއްޑޫގައި ރޭ އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށެވެ. އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.

 

ނަޝީދުގެ ވާހަކަތަކާމެދު ނުރުހުން ފާޅުކޮށް ޑރ. ޖަމީލް ވިދާޅުވީ ދިވެހި އެއްވެސް ސިޔާސީ ލީޑަރަކު އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ވާހަކައެއް ދައްކައިގެން ނުވާނެކަމަށާއި އެއްވެސް ސިޔާސީ ލީޑަރަކު އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ވާހަކައެއް ނުދެއްކުމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ވަސިއްޔަތެއް ވެސް ކަމަށެވެ. އަދި އެއީ ދިވެހި ޒުވާނުންގެ އެދުމެއްކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

 

"އުފާވެރިކަން އޮތީ އިސްލާމްދީނުގެ ވަހުދަތުގައި ތިބެގެން" ޑރ. ޖަމީލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ