އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބުކޮށްފިނަމަ ހިންދެމިލާނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދީފަ: ޑރ. ޖަމީލް

އިންތިޚާބުކޮށްފިނަމަ ހިންދެމިލާނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދީފަ: ޑރ. ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމަށް އިންތިޚާބުކޮށްފިނަމަ ހިންދެމިލައްވާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން އެދޭ ކަންތައްތައް ފުއްދަވައި ދެއްވެވުމަށްފަހުގައި ކަމަށް ވިލިމާލެ ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. 

ވިލިމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޑރ. ޖަމީލް ވިދާޅުވީ ވިލިމާލޭގައި މީހުން ދިރިއުޅޭތާ އެތައް އަހަރެއް ފާއިތުވީއިރުވެސް ރައްޔިތުންނަށް ދިރިއުޅެން ޖެހިފައިވަނީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. ގެދޮރުގެ ދަތިކަމުން ފެށިގެން ޞިއްހީ ޚިދުމަތަށް ބެލި ނަމަވެސް ކަންކަން ހުރީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. 

ޑރ. ޖަމީލް ވިދާޅުވީ އެހެން ރައްޔިތުން ފަދައިން ވިލިމާލޭގެ ކޮންމެ ރައްޔިތަކުވެސް ބޭނުންވަނީ ފުދުންތެރިކަން ކަމަށެވެ. އެކަމަށްޓަކައި ކޮންމެ ރައްޔިތަކުވެސް އެދެނީ ރަށުން ވަޒީފާ އެއް ލިބޭނެ ގޮތް ހަމަޖެހުން ކަމަށާއި ވިލިމާލޭގެ ސިނާޢީ ސަރަހައްދަކީ ވިލިމާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ބޭނުންކުރެވޭނެ ސަރަހައްދަކަށްވުން ކަމަށެވެ. 

ޑރ. ޖަމީލު ވިދާޅުވީ ވިލިމާލެއަށް ކުރިއެރުން ލިބޭނީ ސަރުކާރުގެ ވިސްނުން ބަދަލުކޮށް ވިލިމާލެއަކީ ދޮންދަރިއެއްގެ ގޮތުގައި ދެކެމުން އަންނަ އުޞޫލު ބަދަލުކޮށްގެން ކަމަށެވެ. "އަޅުގަނޑު މިދާއިރާއަށް ކުރިމަތިލީ ވިލިމާލޭގެ ތަރައްޤީއަށް ތަޞައްވުރަކާއިއެކު. އެއިގެ ތެރޭގައި ސަރުކާރުގެ އެހީތެރިކަމާއިއެކު ހިންގޭނެ މަޝްރޫއުތަކާއި އެހެން ގޮތް ގޮތުންވެސް ހިންގޭނެ މަޝްރޫޢުިތައް ހިމެނޭ." ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް