އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސްގެ މަގާމުން ޑރ.ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ނައިބު ރައީސްގެ މަގާމުން ޑރ.ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައީސް ޔާމީންގެ ނައިބް ރައީސް ކަމުގެ މަގާމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނާ ހިލާފަށް ނައިބު ރައީސްކަން އޭނާ ވަކިކުރެއްވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި ނައިބު ރައީސްކަމުގެ މަގާމުން މީހަކު ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައިވަނީ އެ ގޮތްތަކާ ހިލާފަށް ކަމަށެވެ. އަދި މިކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވައިދެއްވުމަކީ ރައްޔިތުން އިންތިހާބުކުރާ ރައީސް އާއި ނައިބު ރައީސްއާ މެދު ގޮތް ނިންމުމުގެ ބާރު ހަމައެކަނި މަޖިލީހުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ރިޝްވަތުގެ ތެރެއަށް ނުދިޔުން ކަށަވަރުކުރުން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް 2015 ގައި މަގާމުން ދުރުކުރީ، އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތާ އެކުގައެވެ.

ޑރ.ޖަމީލް ވަކިކުރުމަށް 78 މެންބަރުން ވޯޓް ދެއްވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު