އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އެހެނަސް" ޓީޒަރ ރިވިއު: ހިތްތައް އަސަރުން ފުރާލައިފި!

"އެހެނަސް" ޓީޒަރ ރިވިއު: ހިތްތައް އަސަރުން ފުރާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 40 މިނެޓް, 47 ސިކުންތު

މައްޝޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލު (އައިކިޔު) ގެ ސުޕަރހިޓް ނޮވެލް ކަމުގައިވާ "އެހެނަސް ހަމަ ލޯބިވެޔޭ" ގެ މައްޗަށް ބިނާކޮށް، އޭނާ ޕްރޮޑިއުސްކޮށް ސްކްރީންޕްލޭ ލިޔެފައިވާ "އެހެނަސް" ވެބް ސީރީޒްގެ ޓީޒަރ މިރޭ ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.

 

        

 

ޓީޒަރ އިފްތިތާޙް ކުރުމަށް އުނިމާ ގްރޭންޑް ހޮޓެލްގައި ރޭ ބޭއްވުނު ޚަފްލާގައި މައްޝޫރު އެކްޓަރ/ ޕްރޮޑިއުސަރ އަދި "އެހެނަސް" ވެބް ސީރީޒްގެ ޑައިރެކްޓަރ ރަވީ ފާރޫޤް ބުނެފައިވަނީ، މިއީ "ބައިސްކޯފު" އެޕްލިކޭޝަނުން ބެލޭނެ ވެބް ސީރީޒެއް ކަމަށާއި ސީރީޒް ބެހިގެންވަނީ ދެ ސީޒަނަކަށް ކަމަށެވެ.

 

އެގޮތުން ފުރަތަމަ ސީޒަންގައި އާންމުކޮށް މިފެންނަ ތަރިންގެ ތެރެއިން ކުޅަދާނަ ފިލްމީ ތަރި ޝީލާ ނަޖީބު އާއި އެފަދަ ދެވަނައެއް ނުވާ މުޙައްމަދު މަނިކު ވެސް ހިމެނޭ ކަމަށް ރަވީ މައުލޫމާތު ދީފައިވެއެވެ.

 

      

 

ޝީލާއާއި މަނިކުގެ އިތުރުން ދެން މިސީރީޒުން ފެނިގެންދާނީ، ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އަލަށް ތަޢާރަފްވާ މުޅިން އައު ތަރިން ތަކެއް ކަމަށް ވެސް ރަވީ ބުނެފައިވެއެވެ. މިރޭގެ ޚަފްލާގައި، އެއީ ކޮން ތަރިންތަކެއްކަން ހާމަ ނުކުރި ނަމަވެސް، ސީރީޒަށް ހޮވުމުގެ ކުރިން އޭގެ ތެރެއިން ގިނަ ތަރިން އޮޑިޝަނަށް ގެނައި ކަމަށާއި އެތަރިންނަށް ވޯކްޝޮޕެއް ވެސް ބޭއްވި ކަމަށް ރަވީ ބުނެފައިވެއެވެ.

 

"އެހެނަސް" ސީރީޒްގެ ޓީޒަރ މިހާރު ރިލީޒް ކޮށްފައިވާއިރު، މިސީރީޒްގެ ޓްރެއިލަރ އަންނަ އޭޕްރިލް މަހު ރިލީޒް ވާނެ ކަމަށާއި އެއަށްފަހު އަވަސް މުއްދަތެއްގެ ތެރޭގައި ސީރީޒްވެސް ޕްރިމިއާރ ކުރާނެ ކަމަށް ޑައިރެކްޓަރ ރަވީ ބުނެފައިވެއެވެ.

 

މިއީ ގިނަ ބައެއްގެ ތަރުޙީބު ލިބުނު ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ ސީރީޒަކަށްވުމުން، މީގެ އަސްލު ވާހަކައިގެ މައްޗަށް ޑްރާމާއެއް އުފެއްދުމަށް ކިހާވަރެއްގެ ދަތިތަކަކާއި ކުރިމަތިވިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފިލްމުގެ ޕްރޮޑިއުސަރ އައިކިޔު ބުނެފައިވަނީ، ވާހަކައިގެ ނެތް ބައެއް ޓްވިސްޓުތައް ޑްރާމާގައި ގެނެސްފައިވާނެ ކަމަށާއި އެއީ ބައެއް ތަފާތު ގެނައުމަށް ކަމަށެވެ. ނަމަވެސް އެބަދަލުތަކުގެ ސަބަބުން ވެސް ވާހަކައިގެ އަސްލު ނުގެއްލޭނެ ކަމަށް އައިކިޔު ބުނެފައިވެއެވެ.

 

ރިވިއު:

ފަސް ތަރިން ރޭޓް ކުރާނަމަ "އެހެނަސް" ވެބްސީރީޒްގެ ޓީޒަރ އަށް ދޭނީ ފަހެއް ޕްލަސް (+5) އެވެ. ޓީޒަރ އިން އެންމެ ފަންނާނެއް ފެނުން ކަމުގައި ވިޔަސް، އޭނާ އުފުލަމުންދާ ވޭނާއި ދިރިއުޅުމުގައި ކުރިމަތިލާން ޖެހިފައިވާ ކަންކަން ވަރަށް ވެސް ފުރިހަމައަށް އެ 1 މިނެޓާއި 8 ސިކުންތުގެ ވީޑިއޯ އިން ވެސް ފެނިގެން ދެއެވެ.

 

"އަހަންނަށް ކިޔަނީ ނިޔާޒް..... މަށަކީ ރަނޑެއް..!" މިޑައިލޮގް އިވުމުން ވެސް، ސީރީޒްގައި ދައްކުވައިދެނީ ތަފާތު ގޮތަކަށް ހުންނަ ފިރިހެން ކުއްޖަކު، ގަނާ ކުރުމުގެ ޝިކާރައަކަށް ވެފައި ހުންނަ މިންވަރުކަން ހާމަވެއެވެ.

 

މިއީ މުޖުތަމައުގައި ވަރަށް ގިނައިން އާންމުވެފައިވާ މައްސަލައަކަށްވާއިރު، ޑައިރެކްޓަރ ރަވީ ފާރޫޤް ވެސް ބުނެފައިވަނީ، އެފަދަ މީހުންނަށް މުޖުތަމައުގައި ހަމަޖެހިލައިގެން ދިރިއުޅެން ވަރަށް ދަތިކޮށްފައިވާ ކަމަށެވެ.

 

"އެހެނަސް" ގެ އަދި މިފެނުނީ ޓީޒަރ އެކަންޏެވެ. އަސްލު މަންޒަރު އަދި ބާކީ އޮތީއެވެ!

 

  

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ