އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމަރުގެފާނު ނަމާދުގައި ކިޔަވައިވިދާޅުވުމަށްފަހު ދެލޯފުޅު ދުޅަވަންދެން ކީރިތި ކުރެއްވެވި 2 އާޔަތަށް މިއަދު އަހަރެމެން އެއްވެސް ބިރެއް ގަނޭތަ؟

ޢުމަރުގެފާނު ނަމާދުގައި ކިޔަވައިވިދާޅުވުމަށްފަހު ދެލޯފުޅު ދުޅަވަންދެން ކީރިތި ކުރެއްވެވި 2 އާޔަތަށް މިއަދު އަހަރެމެން އެއްވެސް ބިރެއް ގަނޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

"ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޢަޛާބަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ. އެޢަޛާބް (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެއެވެ." (އައްޠޫރު:7،8)

އިމާމް ޙަސަން (ރޢ) ވިދާޅުވެފައިވެއެވެ. ޢުމަރުގެފާނު އިމާމްވެ ނަމާދުކުރައްވަމުން ޠޫރު ސޫރަތުގެ މި 2 ޢާޔަތް ވިދާޅުވުމަށްފަހު ކީރިތި ކުރެއްވެވި ވަރުން ދެލޯފުޅު ދުޅަވިއެވެ.

 

ދެ އާޔަތް ކިތަންމެހައިވެސް ކުރެވެ. ނަމަވެސް މާނައަށް ވިސްނައިލުމުން ބިރުން ތުރުތުރު ނުއަޅާނީ ﷲ ތަޢާލާއަށް އީމާންވެގެންހުރި ކާކު ހެއްޔެވެ؟

ސުވާލަކީ ޢުމަރުގެފާނު ނަމާދުގައި ކިޔަވައިވިދާޅުވުމަށްފަހު ދެލޯފުޅު ދުޅަވަންދެން ކީރިތި ކުރެއްވެވި އާޔަތަށް މިއަދު އަހަރެމެން އެއްވެސް ބިރެއް ގަންނަމުހެއްޔެވެ؟ ލޮލުން ކަރުނަ ތިއްކެއް ވައްޓައި ނުލެވޭތަނުގައި ޤިޔާމަތް ދުވަހުގެ ޢަޛާބުގެ ވާހަކަތައް ބަޔާން ކުރައްވަވާފައިވާ މިފަދަ އާޔަތްތަކުގެ އަޑު އިވުމުން ހިތަށް އެއްވެސް ވަރެއްގެ ވަރެއްގެ ބިރުވެރިކަމެއް ވަދޭ ހެއްޔެވެ؟

ހިތަށް އެއްވެސް އަސަރެއް ކުރޭ ހެއްޔެވެ؟ ޢުމަރުގެފާނުި ކީރިތި ކުރެއްވެވި ވަރަށް އަހަރެމެންނަށް ނުރޮވިދާނެއެވެ. ނަމަވެސް އަހަރެމެންގެ ހިތަށް އެންމެ ކުޑަމިނުން ބިރުވެރިކަން ނުވަންނަ ނަމަ އަހަރެމެންގެ ކިބައިގައި ވަނީ ކޮން އީމާންތެރިކަމެއް ހެއްޔެވެ؟

"އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުގެ މޮޅިއާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ. އަދި ތިއަބައި މީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲ ގެ ޙަޟްރަތުން ތިމަން ކަލޭގެފާނަށް އެނގިވަޑައިގަނެއެވެ." (ޔޫސުފް- 86)

ޢަބްދުﷲ ބިން ޝައްދާދް (ރޢ) ވިދާޅުވެފައިވެއެވެ. ޢުމަރުގެފާނު އިމާމްވެވަޑައިގެން ނަމާދުކުރައްވަމުން ޔޫސުފް ސޫރަތުގެ މި އާޔަތް ކިޔަވައި ވިދާޅުވުމަށްފަހު ކީރިތި ކުރެއްވެވިވަރުން ފަހަތްޕުޅުގައި ތިއްބެވި ބޭކަލުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާވަރަށް ކީރިތި ކުރެއްވެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް