އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބަވަތި" ގެ މޯޝަން ޕޯސްޓަރ، ހާދަ ސަޅިއޭ!

"ބަވަތި" ގެ މޯޝަން ޕޯސްޓަރ، ހާދަ ސަޅިއޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 20 ސިކުންތު

ދުވަހުން ދުވަހަކަށް ކުރިއަރަމުންދާ ދިވެހި ފިލްމު އިންޑަސްޓްރީ އަށް، މުޅިން އައު ކުންފުންޏެއް ކަމަށްވާ "އައިފިލްމްސް" ގެ ފުރަތަމަ ފިލްމު "ބަވަތި" ގެ މޯޝަން ޕޯސްޓަރ އާންމު ކޮށްފިއެވެ.

 

"ބަވަތި" ގެ މޯޝަން ޕޯސްޓަރަށް ބަލާފައި ވެސް، މިފިލްމަކީ ވަރަށް ވެސް ތަފާތު ފިލްމަކަށްވާނެކަން ޔަގީނެވެ.

 

މޯޝަން ޕޯސްޓަރުން ފެންނަނީ އަންހެން ކުއްޖަކު ކަނޑުއަޑީގައި ގެނބެމުންދާއިރު، ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތެވެ. ހަމަޔަގީނުން ވެސް މިމަންޒަރު ވެގެންދާނީ ގިނަ ބަޔަކަށް ވަރަށް އަސަރު ކުރުވާ ހިތް އަވަސްކުރުވާ މަންޒަރަކަށެވެ.

 

  

 

"ބަވަތި" ފިލްމުގެ ޕޯސްޓަރު ފެނުމުން ގިނަ ބައެއްގެ ހިތްތަކުގައި މިހާރުވެސް ވަނީ ފިލްމު ބަލައިލުމުގެ ޝައުޤުވެރިކަން އުފެދިފައެވެ. ދެމަފިރިއެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައި މިފިލްމަކީ ތްރިލާރ އެކެވެ.

 

ފިލްމާމެދު މައުލޫމާތު ދެމުން މިފިލްމުގެ ޑައިރެކްޓާރ އިލްޔާސް ވަހީދު (އިއްލެ) ބުނެފައިވަނީ މިއީ އޭނާ ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް ކަމަށެވެ. "ބަވަތި" ފިލްމުގެ ހުރިހާ ޝޫޓިން އެއް މިހާރު ނިމިފައިވާއިރު، ބާކީ އޮތީ ލަވައެއްގެ ޝޫޓިން ކަމަށް ވެސް އިއްލެ ބުނެފައިވެއެވެ.

 

މިފިލްމުގައި ލީޑް ރޯލުގައި ހަރަކާތްތެރިވަނީ މައްޝޫރު ފިލްމީ ބަޠަލާ ނުޒުހަތު ޝިހާބު އާއި ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވާ މޫނެއް ކަމަށްވާ އަހުމަދު އިފްނާޒް ފިރާޤު އެވެ.

"ބަވަތި" ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ