އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާގެ ހަށިގަނޑަކީ މާތް ﷲ ދެއްވެވި އަމާނާތެއް، ދުންފަތުގެ އިސްތިއުމާލު ކޮށްގެން އެހަށިގަނޑު ހަލާކު ނުކުރޭ!

ތިމާގެ ހަށިގަނޑަކީ މާތް ﷲ ދެއްވެވި އަމާނާތެއް، ދުންފަތުގެ އިސްތިއުމާލު ކޮށްގެން އެހަށިގަނޑު ހަލާކު ނުކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 43 ސިކުންތު

މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ މުފްތީ އިސްމާއިލް މެންކު ދާދި ފަހުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައިކަމާއި ބެހޭ ގޮތުން، އެބޭފުޅާގެ ދަރުހެއްގައި ވާހަކަ ދައްކަވާފައެވެ.

 

"ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގިނަ މީހުން ކުރާ ވަރަށް ނުބައި އާދައެކެވެ. އަދި އެއީ އިސްލާމްދީނުގައި ކުރުން ނަހީކުރައްވާފައިވާ ވެސް ކަމެކެވެ.

 

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނުބައި ކަމެއްކަމާއި ސިއްޙަތައް ގެއްލުން ދެނިވި ކަމެއްކަމަށް ޣައިރު މުސްލިމުން ވެސް ޤަބޫލު ކުރެއެވެ. އަހަރެން މިހާ ޔަގީންކަމާއިއެކު މިހެން މިބުނަނީ ކީއްވެކަން އިނގޭ ހެއްޔެވެ؟ އެއީ އެމީހުން އެސިނގިރޭޓު އުފައްދާއިރު ވެސް، ފޮށީގެ ބޭރުގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްޙަތައް ގެއްލުންދޭ އެއްޗެއް ކަމުގައި ލިޔެ،އެއިންޒާރުހިމަނާތީއެވެ.

 

ތިމާގެ ހަށިގަނޑަކީ ތިމާގެ އަމިއްލަ އެއްޗެއް ނޫންކަން އެނގޭ ހެއްޔެވެ؟ އެއީ މާތް ﷲ ގެ އަމާނާތެކެވެ. އެހެންކަމުގައިވީ ހިނދު ދުންފަތުގެ އިސްތިއުމާލު ކޮށްގެން އެހަށިގަނޑު ހަލާކު ކުރުމުގެ ޙައްޤެއް ތިމާއަކަށް ލިބިގެނެއް ނުވެއެވެ.

 

ތިދެއަތާއި އަނގަޔާއި މުޅި ހަށިގަނޑަކީ ވެސް މާތް ﷲ ތިބާއަށް އިތުބާރު ކުރައްވާ ތިބާއަށް ދީފައިވާ އަމާނާތެކެވެ. ވަގުތު ޖެހުމުން އެކަލާނގެ އެތަކެތި އަނބުރާ ގެންދަވާނެތެވެ.

 

މާތް ﷲ ތިބާއަށް ތިހަށިގަނޑު ދެއްވާފައިވަނީ ކުޑަ މުއްދަތަކަށެވެ. އެހަށިގަނޑު ރަނގަޅަށް ބަލަހައްޓައިގެން ގެންގުޅުމަކީ ތިބާގެ މައްޗަށް އޮތް ޒިންމާއެކެވެ.

 

ދުންފަތުގެ އިސްތިއުމާލު ކުރާ ހުރިހާ ފަރާތްތައް، މާތް ﷲ އަށްޓަކައި ތިނުރަނގަޅު އާދަ ދޫކޮށްލުމަށް އަހަރެން މިއަދު ގޮވާލަމެވެ. މިކަމުގައި އިތުރު ވާހަކަދެއްކުމެއް ނެތި އެންމެ ކުރުކޮށް ބުނަންޏާވެސް އަހަރެން ބުނާނީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނުހަނު ނުރަނގަޅު އާދައެއް ކަމަށާއި އޭގެން ތިމާއަށް ގެއްލުމާއި ހަލާކު ނޫން އެއްޗެއް ނުލިބޭނެކަމެވެ.

 

އެފަދަ ކަމަކަށް ތިމާއަށް ލިބޭ ފައިސާތައް ވެސް އިސްރާފު ނުކުރާށެވެ.

 

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުރިހަމަ މުސްލިމުންގެ ކިބައިގާ ހުންނަންވާނެ އާދައެއް ނޫނެއެވެ. އެއީ އަހަރުމެންގެ ރަސޫލާ މުޙައްމަދު (ޞޢޥ) ވެސް ކުރަން ގޮވާލައްވާފައިވާ ކަމެއް ނޫނެވެ. އަދި ތިބާ އެކަން ކުރުމުން އެކަލޭގެފާނު ތިބާއާއިމެދު ފަޚުރުވެރިވާނޭ ކަމެއް ވެސް ނޫނެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ