އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކްލަބް މޯލްޑިވްސް ކަޕް ހުޅުވުމުގެގޮތުން ނައިބް ރައީސް ހިމެނޭ ޓީމަކާއި ކުރީގެ ފުޓުބޯޅަ ކުޅުންތެރިން ހިމެނޭ ޓީމެއްގެ ޚާއްޞަ މެޗެއް ކުޅެނީ

ކްލަބް މޯލްޑިވްސް ކަޕް ހުޅުވުމުގެގޮތުން ނައިބް ރައީސް ހިމެނޭ ޓީމަކާއި ކުރީގެ ފުޓުބޯޅަ ކުޅުންތެރިން ހިމެނޭ ޓީމެއްގެ ޚާއްޞަ މެޗެއް ކުޅެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ކްލަބް މޯލްޑިވްސް ކަޕް ހުޅުވުމުގެގޮތުން ނައިބް ރައީސް ހިމެނޭ ޓީމަކާއި ކުރީގެ ފުޓުބޯޅަ ކުޅުންތެރިން ހިމެނޭ ޓީމެއްގެ ޚާއްޞަ މެޗެއް މިރޭ ކުޅުމަށް ނިންމައިފިއެވެ.

ކުލަބް މޯލްޑިވްސް ކަޕުގެ 14 ވަނަ މުބާރާތް މިރޭ ފަށާއިރު، މިއީ މިހާތަނަށް މި މުބާރާތް ހުޅުވުުމުގެ ގޮތުން ކުޅެން ހަމަޖެއްސި އެންމެ ބޮޑު މެޗެވެ.

މިރޭގެ މެޗަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޔޫތު މިނިސްޓްރީން އިސްކަންދޭކަން ހާމަކުރުމުގެ ގޮތުން ކުޅޭ ޚާއްޞަ މެޗެކެވެ.

މިރޭގެ ޚާއްޞަ މެޗުގައި ނައިބް ރައީސް ފައިސަލް ނަސީމް ކުޅޭ ޓީމުގައި އެކްޓިންގ ޔޫތު މިނިސްޓަރ އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ކުރީގެ މަޝްހޫރު ގޯލްކީޕަރު ވިކްޓްރީގެ ވައިސް ޗެއަރމަން މައުރޫފް އަހުމަދު (މާއްޓޭ) ހިމެނެއެވެ.

މީގެ އިތުރުން އަލީ ސުޒެއިން، މުހައްމަދު އާތިފް (އާތީ)، އިސްމާއިލް މަހްފޫޒް (އިންމަ)، މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މުހައްމަދު ޝިޔާޒް (މޯހަން) ވެސް މިޓީމުގައި ހިމެނެއެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ޓީމު (މޯލްޑިވްސް ސޮކަރ މޭޓްސް) ޓީމުގައި އަހުމަދު ޝަރީފް (ބޮބީ)، އަބްދުލް ރައްޒާގު، އިސްމާއީލް އަނިލް، މޫސާ މަނިކު (ކުޑަމޫސާ) އާއި މުހައްމަދު ޖަމީލް (ޖަމްބެ) ހިމެނެއެވެ.

މީގެ އިތުރުން މުހައްމަދު ހަލީމް (ޖަޑާ)، އިބްރާހިމް ނޫރައްދީން، އަހުމަދު ޝަރީފް (މާޑޭ)، ހަސަން މަނިކު، އިބްރާހިމް ރަޝީދު (އަންދަރޭ)، އަލީ ރަޝީދު (ސިލާޗީ) އާއި މުހައްމަދު އިބްރާހިމް (ދޮންބެ)ވެސް ހިމެނެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް