އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޕުގެ ހަނދާންތަކާއެކު "ނަފްރަތުވުމުން" ޕްރިމިއާރ ކޮށްފި!

އައްޕުގެ ހަނދާންތަކާއެކު "ނަފްރަތުވުމުން" ޕްރިމިއާރ ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 17 ސިކުންތު

ނުވަ ދިހައިިގެ އަހަރުތަކާއި 2000 ހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހި ފިލްމް އިންޑަސްޓްރީގައި ފިޔަޖަހަމުން ދިޔަ ކުޅަދާނަ އެކްޓަރު މުޙައްމަދު އަފްރާޙް (އައްޕު) ގެ ހަނދާންތަކާއެކު، ޔޫއްޕެ ޕްރޮޑަކްޝަންސްގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ ދިވެހި ފިލްމު "ނަފްރަތުވުމުން" ރޭ ޕްރިމިއާރ ކޮށްފިއެވެ.

            

              (ފިލްމީތަރި މުޙައްމަދު މަނިކު ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ފޮޓޯއެއް)

 

އުމުރުން 45 އަހަރުގެ އައްޕު، މިދުނިޔެއިން ވަކިވެފައިވަނީ މިމަހުގެ 7 ވީ އާދީއްތަ ދުވަހުއެވެ. އޭނާ އޭގެ ކުރީ ރޭ ނިދި ގޮތަށް ނުހޭލައިގެން 11:00 ޖަހާކަންހާއިރު ބެލިއިރު މަރުވެފައިވާ ކަމަށް އޭނާގެ ގާތް ބަޔަކު ބުނެފައިވެއެވެ.

 

ފިލްމު "ނަފްރަތުވުމުން" ރޭގައި ޕްރިމިއާރ ކޮށްފައިވާއިރު، އައްޕު މިދުނިޔެއިން ވަކިވެގެން ދިޔުމުގެ ހިތާމައާއި ގުޅިގެން، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ޚާއްސަ ރަސްމިއްޔާތަކުން އެފިލްމު ޕްރިމިއާރ ކުރުން ކެންސަލް ކޮށްފައެވެ. އެހެންކަމުން ރޭގެ ޚަފްލާގައި އެއްވެސް ޚާއްސަކަމެއް ގެނެސްފައެއް ނުވެއެވެ.

 

މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވާ މިފިލްމުގައި ހަރަކާތްތެރިވެފައިވަނީ ކުޅަދާނަ އެކްޓްރެސް މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު އީސަ ގެ އިތުރުން ޔޫއްޕެ އެވެ. އަދި ޚާއްސަ ފެނިލުމަކުން އަހުމަދު ސައީދު ވެސް މިފިލްމުގައި ހަރަކާތްތެރި ވެފައިވެއެވެ.

 

ލޯތްބާއި މަކަރާއި ހީލަތުގެ އަސަރުގަދަ ސްކްރީންޕްލޭ އެއްގެ މައްޗަށް އުފައްދާފައިވާ މިފިލްމަކީ، މީގައި ހަރަކާތްތެރިވި ހުރިހާ އެކްޓަރުންނަށް ވެސް ތަފާތު އެކި ޓްވިސްޓުތައް ގެނުވާފައިވާ ފިލްމެކެވެ.

 

"ނަފްރަތުވުމުން" ގެ ރިވިއު "މިއަދުނޫހުގައި" ވަކިން ޝާއިއު ކުރެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ