އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރަ ބިލަކާއި 101 އޮޑިޓް ރިޕޯޓެއްގެ މައްސަލަ މާދަމާގެ މަޖިލީހަށް!

ބާރަ ބިލަކާއި 101 އޮޑިޓް ރިޕޯޓެއްގެ މައްސަލަ މާދަމާގެ މަޖިލީހަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް 12 ބިލަކާއި 101 އޮޑިޓް ރިޕޯޓެއް ހުށަހެޅުމަށް އެޖެންޑާކޮށްފިއެވެ.

ގިނަ ދުވަސްތަކަކު ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށްފަހު މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފައިވާ ބިލްތަކަށް ބަލާއިރު މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ބިލްތައް ހިމެނެ އެވެ. މީގެތެރޭގައި ދިވެހިރާއްޖޭގެ ސަގާފީ ތަރަކައިގެ ބިލާއި، މިނިވަން މުއައްސަސާތައް މިހާރަށް ވުރެ ހަރުދަނާކުރުމަށްޓަކައި ފަސް މިނިވަން މުއައްސަސާއަކާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތަކާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އިންތިގާލީ އަދާލަތުގެ ބިލް ހިމެނެއެވެ.

މީގެއިތުރުން ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެއިން ބިދޭސީންނަށް ބިން މިލްކުކުރުމާ ގުޅޭގޮތުން ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ކުރިން އޮތް ގޮތަށް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި 101 އޮޑިޓް ރިޕޯޓެއް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިދައުރުގެ 15 ވަނަ ޖަލްސާ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު