އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

18/30 ވުމެންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބް ސެމީއަށް

18/30 ވުމެންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބް ސެމީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ކުލަބް މޯލްޑިވްސް އިން އިންތިޒާކޮށްގެން ބާއްވާ 18/30 ވުމެންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބުން ކުޅުނު ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ކުރިހޯދައި ޕޮލިސް ކުލަބުން ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

 ހުޅުމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަށްފަހު 4-3 ނަތީޖާއަކުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޕޮލިސް ކުލަބުންނެވެ. މިލަނޑު ޕޮލިސް ކުލަބަށް ކާމިޔާބުކޮށްދިނީ ސަވިތުރީ މަމްޔަލީއެވެ. އަދި އޭގެ މިނިޓެއް ފަހުން ޝީނީޒް މުޙައްމަދު ވަނީ ޕޮލިސް ކުލަބަށް ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. ލީޑުގައި އޮވެ ޕޮލިސް ކުލަބުން ދަނިކޮށް ދިވެހި ސިފައިންގެ ކުލަބަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ސޯހިލާ ވަނީ ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މިލަނޑު ކާމިޔާބުކުރީ ގިނައިރުތަކެއް ނުވަނީ ސޯހިލާ ވަނީ އިތުރު ގޯލެއް ޖަހައި  މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.މިލަނޑާއެކު މެޗުގެ ފޯރިގަދަވެގެން ދިޔައިރު ޕޮލިސް ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ސަވިތުރީ މަމްޔަލީ ލަޑެއް ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް ޕޮލިސް ކުލަބަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މި ލަނޑާއެކުވެސް ޕޮލިސް ކުލަބަށް ލީޑުގައި މާގިނައިރު ނޯވެވުނެވެ. ދިވެހި ސިފައިންގެ ކުލަބުގެ ސޯހިލާ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. މިމެޗުން ޕޮލިސް ކުލަބު މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޕޮލިސް ކުލަބަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ސަކޫނާ ސެނަބުތު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަށް މިމެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަވިތުރީއެވެ.

ރޭގެ މެޗުން ވި މޮޅާއެކު ޕޮލިސް ކުލަބު ވަނީ ގްރޫޕް ބީގައި ކުޅުނު ދެމެޗު ކާމިޔާބުކޮށް ލިބުނު ނުވަ ޕޮއިންޓާއެކު ސެމީ ފައިނަލުން ޖާގަހޯދާފައެވެ. މި މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ޕޮލިސް ކުލަބުން ކުޅޭ ތިން ވަނަ މެޗުގައި ނުކުންނާނީ ފެން ކުލަބާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެރޭ 09:30 ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ