އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުލަބް މޯލްޑިވްސް ކަޕްގަ ޕޮލިސް ކުލަބު ދެވަނަ ބުރަށް

ކުލަބް މޯލްޑިވްސް ކަޕްގަ ޕޮލިސް ކުލަބު ދެވަނަ ބުރަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ކުލަބް މޯލްޑިވްސް ކަޕްގައި ޕީއެސްއެމްގެ މައްޗަށް 7-2 ގެ ނަތީޖާއިން ކުރިހޯދައި ޕޮލިސް ކުލަބު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ހުޅުމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހައިދީފައިވަނީ ޢަލީ އަޒްހަރު އާއި އަޙްމަދު ރިފްޝާން އާއި ޢަލީ ރިޝްވާން އަޙްމަދު އާއި މުޙައްމަދު ޝިފާން އަދި މުޙައްމަދު ޒާއިދު މުސްޠަފާއެވެ. މި ކުޅުންތެރިންގެ ތެރެއިން ޢަލީ އަޒުހަރު ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވުނީ ޢަލީ އަޒުހަރުއެވެ.

މި މުބާރާތުގައި ޕޮލިސް ކުޅޭ ތިން ވަނަ މެޗުގައި ވާދަކުރާނީ މިފްކޯއާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 19 ވާ ހުކުރު ދުވަހުގެރޭ 08:15 ގައެވެ.

ޕޮލިސް ކުލަބް ވަނީ ގްރޫޕް އެޗްގައި ކުޅުނު ދެމެޗު ކާމިޔާބުކޮށްފައެވެ. މި ގްރޫޕަށް ބަލާއިރު 6 ޕޮއިންޓާއެކު ޕޮލިސް ކުލަބު އެއްވަނާގައި އޮތްއިރު، މިފްކޯ އާއި ޕީއެސްއެމްއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ދެން މި ގްރޫޕްގައި ހިމެނޭ ދިރާގަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ