އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުންނަށް އެކަށީގެންވާ އުޖޫރަ ލިބޭ ވަޒީފާ ފޯރު ކޮށްދޭންޖެހޭ: ނައިބު ރައީސް

ޒުވާނުންނަށް އެކަށީގެންވާ އުޖޫރަ ލިބޭ ވަޒީފާ ފޯރު ކޮށްދޭންޖެހޭ: ނައިބު ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ޒުވާނުންނަށް އެކަށޭނަ އުޖޫރައަކާއެކު ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީގެންމެނުވީ، ދިވެހި އިޤްތިޞާދު އެންމެ ބާރުމިނުގައި ކުރިނާރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. 

ޕޮލިޓެކްނިކްގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުރިކޮށްދެއްވައި ނައިބު ރައީސް މިރޭ ވިދާޅުވީ ދިވެހި އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވަޒީފާއެއް ނެތި ތިބި ޒުވާނުންގެ ޢަދަދު ގިނަކަންކަމަށެވެ. މިކަމަށް މަގުފަހިވެފައިވަނީ، ވަޒީފާ ދިނުމުގައި ތަފާތުކުރުމާއި، ކުރާ މަސައްކަތާއި އެކަށޭނަ މުސާރައެއް ނުލިބުންކަން ވެސް ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

ނާއިބު ރައީސް ވިދާޅުވި، ޒުވާނުންނަށް އެކަށޭނަ އުޖޫރައަކާއިއެކު ވަޒީފާގެ ފުރުސަތުތަށް ފަހިކޮށްދީގެންމެނުވީ، ދިވެހި އިޤްތިޞާދު އެންމެ ބަރުމިނުގައި ކުރިނާރާނެކަމަށެވެ. 

"އަޅުގަނޑުމެންނަށް ފާހަގަވަނީ، ދިވެހި އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވަޒީފާއެއް ނެތި ތިބި ޒުވާނުންގެ ޢަދަދު ގިނަވުން. މިތާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވެސް ވަޑައިގެން އިންނެވީމަ ދަންނަވަން ބޭނުންވަނީ، ޒުވާނުންނަށް އެކަށޭނަ އުޖޫރައަކާއިއެކު ވަޒީފާގެ ފުރުސަތުތަށް ފަހިކޮށްދޭން ޖެހޭކަން. ދިވެހި އިޤްތިޞާދު އެންމެ ބަރުމިނުގައި ކުރިއަރާނީ އޭރުން." ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

1975 ވަނަ އަހަރު އުފެއްދި ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު ނުވަތަ މިހާރުގެ ނަމުންނަމަ މޯލްޑިވްސް ޕޮލިޓެކްނިކްއަކީ، އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް އެދާއިރާއަކުން ސީދާގޮތެއްގައި ފަންނީ ތަމްރީނުދިނުމަށް ސަރުކާރުން އުފައްދަވާފައިވާ ތަޢުލީމީ އިދާރާއެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ